އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮންމެ ދިމާއަކަށް ބަލާލިއަސް ފެންނަނީ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގަ ކުރާތަން!

ކޮންމެ ދިމާއަކަށް ބަލާލިއަސް ފެންނަނީ ބާރުގެ ބޭނުން ނާޖާއިޒް ގޮތުގަ ކުރާތަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު

ދިވެހި ރައްޔިތުން ގިނަބައަކު އެޖެންޑާ19، ރަށްވެހިފަތިސް، މަޖްލިސް19 ފަދަ ސްލޯގަން ތަކުގެ ހުވަފެނީ އުއްމީދުގައެވެ. ބަދަލަކަށްއެދި އެމް.ޑީ.ޕީ އަށް ހުރިހާ ބާރެއްދީ 2018 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރަށް ވެރިކަމަށްލީ ވަރަށް ފޮނި އުއްމީދު ތަކަކާ އެކުއެވެ.  

ވެރިކަން ލިބުމާއި އެކު ފެނިގެން ދިއައީ ތަފާތު މަންޒަރެކެވެ..  ބަދަލު ހިފުމާ ބާރު އޮތީމަ ބޭނުން ގޮތެއް ހަދާލެވިދާނެކަން ދައްކާލުމުގެ ސިލްސިލާ އެތައް "އެޕިސޯޑް" ތަކެއްގެ ފެށުމެވެ. 

ގޯހުން ގޯހަށް ކަންކަން ދަމުން ގޮސް އެންމެފަހުން އިވިގެން ދިޔައީ ފުލުހުންގެ މުއައްސަސާ އިސްލާޙް ކުރުމުގެ ނަމުގައި އެމް.ޑީ.ޕީ ސަރުކާރުން ޕޮލިސް އިންޓަގްރެޓަރީ ކަމިޝަނުގެ ބޯޑަށް ހުށައެޅި ނަންތަކެވެ. އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުން ހިމެނޭ މި ނަންލިސްޓްގަ އެންމެ ފާހަގަ ކުރެވެނީ  ގިނަ ދިވެހި ރަށްޔިތުން ބަލައި ނުގަންނަވަރުގެ ދަށު ދަރަޖައިގެ ޢަމަލު ތަކެއް ހިންގަނިކޮށް ރެޑްހޭންޑް ކޮށް، ކުށްކުރި މާޙައުލުން މަސްތުވާ ތަކެއްޗާއި އެކު މަސްތުގެ ޙާލުގަ އަތުލައިގަނެ ތަޙްޤީޤް ހިންގާ މައްސަލަ ނުނިމެނީސް ފިލައިގެން ގޮސް ތިބި މީހުންގެ ތެރޭގަ ހިމެނޭ އެމް.ޑީ.ޕީ ގެ އިސް އެކްޓިވިސްޓު ހާމިދު ޢަބްދުލް ޤަފޫރު އެވެ.

ފުލުުހުންގެ މުއައްސަސާ ގެ މައްޗަށް ބަސްކިޔާ އިރުޝާދުދޭން ބައިތިއްބަން ޖެހޭނީ މިފަދަ ދަށުދަރަޖައިގެ ޢަމަލު ހިންގަނިކޮށް ވީޑިއޯ ފުޓޭޖާއެެކު "ކޯޓްކުރެވިފަ" ތިބޭ މީހުން ނޫންކަމަށް ދިވެހި ޤައުމު އިއްތިފާޤު ވާއިރު މިފަދަ ޢަމަލެއް އެމް.ޑީ.ޕީ އިން ކުރަން އުޅުންވެސް އެއީ އެމް.ޑީ.ޕީ ގެ ނާޤާބިލްކަން ކަމުގަ އެންމެންވެސް ޤަބޫލް ކުރެއެވެ.
ޙާއްޞަކޮށް މިކަމާ އެންމެ ބޮޑަށް ދެކޮޅުހަދަނީވެސް އެމް.ޑީ.ޕީ ގެ އެކްޓިވިސްޓުންގެ ގޮތުގަ ސޯޝަލްމީޑިއާގަ ޙަރަކާތްތެރިވާ އެމް.ޑީ.ޕީގެ މެމްބަރުންނެވެ.

މިމައްސަލާގަ ފުރަހަނި ޝުއައިބު ވިދާޅުވަނީ. 


ޝުޢައިބު ޢަލީ ގެ އިތުރުން ކަނޑުވައި އިބުރޭ (އިބްރާހީމް ރަޝީދު) ވެސް ފުލުހުންގެ މުއައްސަސާ ގެ މިމައްސަލައިގަ ކަންބޮޑުވުން ފާޅުކުރަށްވާފަވެ.

ކަނޑުވައި އިބުރޭ އަކީ ޢާއްމުކޮށް ސޯޝަލްމީޑިއާގަ ފަލަސްތީނު އާ މާލެ ރަށްޔިތުންގެ ގޯތި ހޯދުމަށް ހިންގާ ޙަރަކާތުގެ މައްސަލަތަކުގަ ނޫނީ މިހާރު ކޮމެންޓް ނުކުރަށްވާ ބޭފުޅަކަށްވެފަ މިފަދަ ކޮމެންޓެއް ކުރެެއްވުމުން މިއަދުނޫހުން ގުޅާލުމުން ވިދާޅުވީ "ފުލުހުން، އެމް.އެން.ޑީ.އެފް. މޯލްޑިވްސް ކަސްޓަމްސް ފަދަ މުއައްސަސާ ތަކަކީ ސިޔާސީ މީހުންގެ ރާޒުވާ ކުޅިބައެއްގެ ގޮތުގަ ވެގެން ނުވާނެ.  ޤައުމުގެ އިސްތިޤްލާލް، ކަރާމަތް ހިފަހައްޓާ ނަގަހައްޓައިދޭ ބަޔަކީ އެމް.އެން.ޑީ.އެފް އާ ފުލުހުން.  އެމުއައްސަސާ ތަކުގެ ކަރާމަތަކީ ވެރިންގެ އަތްމައްޗަށް ރަށްޔިތުން ދޫކުރި އަމާނާތެއް. ޚިޔާނާތްތެރި ވުމުގެ އެއްވެސް ބާރެއް އެއްވެސް ވެރިއަކަށް ލިބިގެން ނުވެ. ބާރެއް އަތަށްއަރާ ކޮންމެ ފަހަރަކު ހިތު ހުރިގޮތަކަށް ޢަމަލު ކުރުމުގެ ނަތީޖާ މީގެ ކުރިން އެމް.ޑީ.ޕީ އަށް ފެނިފަވޭ. ތާއަބަދު އެ މިސްޓޭކްތައް ތަކުރާރުކުރުމަކީ އެމް.ޑީ.ޕީ އިންކުރިއަސް މޮޔަކަމެއް." ކަމަށެވެ.

ޙާމިދު ޢަބްދުލްޣަފޫރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޯޑަށް ނުފޫޒުފޯރުގައި އެތަނުގައި ތިއްބެވި ދީނީ ޢިލްމުވެރިންނަށް ބިރުދައްކަމުން ގެންދާ ކަމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައިކަން ފާހަގަކުރެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
40%
ރަނގަޅު
20%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް