އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައިވެނި ކުރެވުން ލަސްވާތީ ކަންބޮޑުވެގެން ކައިވެނިކުރެވޭނެ ނަމަ ގިނަ ބައެއްގެ 4 އަނބިން ތިބޭނެ!: މުފްތީ މެންކް

ކައިވެނި ކުރެވުން ލަސްވާތީ ކަންބޮޑުވެގެން ކައިވެނިކުރެވޭނެ ނަމަ ގިނަ ބައެއްގެ 4 އަނބިން ތިބޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 36 ސިކުންތު

"އަހަރެމެންގެ ތެރެއިން ގިނަ ބައަކު ހަލާކުގެ ތެރެއަށް ވެއްޓެމުން މިދަނީ ކަންބޮޑުވާން ނުޖެހޭ ކަންކަމާއިމެދު ކަންބޮޑުވާތީއެވެ.

އެކަންކަމަސް ވިސްނަން ވަގުތުތައް ހޭދަކުރެވޭތީއެވެ! އުމުރުން 23 ވަރަކަށް އަހަރުވާއިރަށް ކައިވެނި ނުކުރެވިއްޖެނަމަ ދެން ތިމާއަށް ކައިވެނި ކުރެވިދާނެކަމާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ.

އެކަމާއި ފިކުރުކުރަން ފަށައެވެ. ކައިވެނިކުރެވުން ލަސްވާތީ ކަންބޮޑުވެގެން ކައިވެނިކުރެވޭނެނަމަ އަހަރެމެން ކޮންމެ މީހެއްގެ (ގިނަބައެއްގެ) 4 އަނބިން ތިބޭނެއެވެ! ﷲއަކްބަރު! އެއްވެސް ކަމެއްގައި އެމީހާއަށް ގެއްލުން ލިބޭވަރަށް ވިސްނުމެއް ނެތެވެ.

އެކަމެއް ޙާޞިލުކުރަން ކުރެވެންހުރި މަސައްކަތްތަކެއްކުރާށެވެ! އެއަސްފަހު ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!" މުފްތީ މެންކް މިމޭރުމުން ވިދާޅުވެފައިވާ ވީޑިއޯއެއް ހާމަކުރަމުން އަލަށް އިސްލާމްވި އަންހެން ކުއްޖަކު ބުނެފައިވަނީ އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތް ލިބުނީ ﷲ ތަޢާލާ ދެއްވެވުމުން ކަމަށެވެ.

އަދި އެކަމަށް މެދުވެރިވި ސަބަބަކީ މުފްތީ މެންކުގެ ދަރުސްތައް އަޑުއެހުން ކަމަށެވެ. މުފްތީ މެންކުގެ މިބަސްފުޅު އަމާޒުކުރައްވާފައި އެވަނީ ފިރިހެނުންނަށެވެ. ލޮބުވެތި ކަނބަލުންވެސް ވިސްނަނަވަންވީ އެބަސްފުޅު ތިއަ ލޮބުވެތި ކަނބަލުންނަށް އަމާޒުކޮށްގެންނެވެ.

"ކަންބޮޑުވެ ފިކުރުކޮށްގެން ފިރިއަކު ލިބޭނެ ނަމަ ހުރިހާ އަނހެނުން ތިބޭނީ ކައިވެނިކޮށްގެން" ކަމަށް ވިސްނަވައިލެއްވުމުން ބަސްފުޅުގެ ފައިދާ ކުރާނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
28%
ރަނގަޅު
18%
އޯކޭ
31%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް