އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްވެސް މީހަކަށް ލިބިފައިވާ އުފާވެރިކަން ނިގުޅައިގަންނަން މަސައްކަތްނުކުރާށެވެ! އެކަން އައިސް ތިބާ އާއި ބައްދަލުކުރާނެއެވެ!: މުފްތީ މެންކް

އެއްވެސް މީހަކަށް ލިބިފައިވާ އުފާވެރިކަން ނިގުޅައިގަންނަން މަސައްކަތްނުކުރާށެވެ! އެކަން އައިސް ތިބާ އާއި ބައްދަލުކުރާނެއެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

އެއްވެސް މީހަކަށް ލިބިފައިވާ އުފާވެރިކަން ނިގުޅައިގަންނަން މަސައްކަތްނުކުރާށެވެ! އެއްވެސް މީހަކަށް ހިތްދަތިކަމެއް، ދަތި އުނދަގޫކަމެއް ކުރިމަތިކުރުވަން އެއްވެސް މަސައްކަތެއް ނުކުރާށެވެ! އެކަން އައިސް ތިބާ އާއި ބައްދަލުކުރާނެއެވެ. ނުއެނގެނީ ކޮން ދުވަހަކު ކޮންވަގުތަކުކަމެވެ. 

މީސްތަކުންނަށް މިއަދު ކުރެވޭ އެންމެ ބޮޑު އެއް ފާފައަކީ އޭނާގެ އަވަށްޓެރިޔާއަށް ނުވަތަ އެކުވެރިއަކަށް ނިޢްމަތެއް، އުފާވެރިކަމެއް ދެއްވެވުމުން އެކަމަށް ނުރުހެވި ވާހަކަތައް ފަތުރައިހެދޭކަމެވެ. ޙަސަދަވެރިވެވޭކަމެވެ. 

އަހުރެންގެ ނަޞޭޙަތަކީ މީހަކަށް ނިޢްމަތެއް މިންވަރުކުރައްވަވައިފިނަމަ އެކަމުގެ އުފަލުގައި ތިބާވެސް ބައިވެރިވެ ހެޔޮދުޢާކުރުމެވެ. އެނިޢްމަތް މިންވަރުކުރެއްވެވީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުން ކަމުގައިވާހާލު، އެކަމަށް ހަސަދަވެރިވެވިއްޖެނަމަ، ޙަސަދަވެރި އެވެވެނީ ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންވާ މީހަކަށެވެ. 

ކަމެއް ކުރާނަމަ ކުރަން އޮތް ކަމަކީ އެމީހާގެ ކިބައިވަނީ ކޮން އިތުރު ހެޔޮކަމެއްކަން ދެނެގަންނަން މަސައްކަތްކުރުމެވެ. އެމީހާ ތިބާއަށްވުރެ އިތުރަށް ކުރަނީ ކޮން ހެޔޮ ޢަމަލެއްކަން ދެނެގަންނަން މަސައްކަތްކުރުމެވެ. ހަމައެޢާއިއެކު ތިބާކުރާ ހެޔޮ ޢަމަލުތައް އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް