އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނެކާގެ ބައިވެރިޔާއަށް ދަހިވެތިނުވެ ތިމާއަށް ލިބުނު ބައިވެރިޔާއާ ކައިވެނިކުރުމުން ދެންއޮތްބައި ﷲ ފުރިހަމަކުރައްވަވައި ދެއްވަވާނެ! އިން ޝާ ﷲ

އަނެކާގެ ބައިވެރިޔާއަށް ދަހިވެތިނުވެ ތިމާއަށް ލިބުނު ބައިވެރިޔާއާ ކައިވެނިކުރުމުން ދެންއޮތްބައި ﷲ ފުރިހަމަކުރައްވަވައި ދެއްވަވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

ކައިވެނިނުކޮށް ތިބި ގިނައަދަދެއްގެ އަންހެނުންނާއި ފިރިހެނުން އެބަތިއްބެވެ. އެގޮތަށް އެކަން ދިމާވާ ސަބަބާއިމެދު ވިސްނައިލަން ޖެހެއެވެ. އަހުރެންގެ ވިސްނުމުން ބަހެއް ބުނެލާނަމެވެ. 

ގިނަބައަކު ކައިވެނިނުކޮށް ތިބީ ނުވަތަ ކައިވެނިކުރުން ފަސްކުރަނީ ކައިވެނިކުރާނެ ބައިވެރިއަކު ނުލިބިގެނެއް ނޫނެވެ. ތިމާގެ އެކުވެރިންގެތެރެއިން މީހަކު ކައިވެނިކުރި ބައިވެރިޔާފަދަ ނުވަތަ އެއަށްވުރެ ފުރިހަމަ ބައިވެރިއަކު ނުލިބިގެންނެވެ. އޭނާއަށްވުރެ ފުރިހަމަކޮށް ކައިވެނީގެ ހަފްލާ ބާއްވަން ބޭނުންވެގެންނެވެ. 

މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. މިއަދު ގިނަބައަކު ދެރަވެ މާޔޫސްވަނީ އެމީހުންނަށް ﷲ ތަޢާލާ ނިޢްމަތްތައް ދެއްވަވާފައިނުވާތީއެއް ނޫނެވެ. ކޮންމެވެސް މީހަކަށް ދެއްވަވާފައިވާ ނިޢްމަތްތަކަށް ދަހިވެތިވެވިގެންނެވެ. ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ނިޢްމަތްތައް މިނަވަރުކުރައްވަވަނީ އެކަލާނގެ ރުހިވޮޑިގަންނަވާ މިންވަރަކަށެވެ. ނިޢްމަތްތައް އިތުރުކުރައްވަވަނީ އަދި މަދުކުރައްވަވަނީވެސް އެކަލާނގެ ރުހިވޮޑިގަންނަވާ ވަގުތުގައެވެ. އެކަންކަމުގެ މައްޗަށް އެއްވެސް މިންވަރަކަށް ބާރު ހިންގުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. 

މިސާލަކަށް ބުނާނަމަ ކައިވެނިކުރަން ލިބޭ ބައިވެރިޔާ އެހައި ފުރިހަމަނުވެދާނެއެވެ. ނަމަވެސް ފަހުން މާފުރިހަމަ ބައިވެރިއަކު އެބަދެއްވަވައެވެ. އަދި ފުރަތަމަ ވަރަށް ފުރިހަމަ ބައިވެރި ލިބުނު ނަމަވެސް އެބައިވެރިޔާ ގެއްލި ފަހުން ލިބޭ ބައިވެރިޔާ އެހައި ފުރިހަމަ ނުވެދާނެއެވެ. 

ވަރަށް ރީތި ބައިވެރިއަކު ލިބުމުން ދިރިއުޅުމުގައި ލިބޭ އުފާވެރިކަމަށްވުރެ އެފަދަ ނޫން ބައިވެރިއެއްގެ ކިބައިން ލިބޭ އުފާވެރިކަން މާބޮޑުވެދާނެއެވެ. ހަމައެފަދައިން ތަނަވަސް ބައިވެރިއެއްގެ ކިބައިން ލިބޭ ހިތްހަމަޖެހުމަށްވުރެ ފަޤީރު ބައިވެރިއެއްގެ ކިބައިން ލިބޭ ހިތްހަމަޖެހުން މާބޮޑުވެދާނެއެވެ. 

ތަނަވަސްކަން ލިބުމުގައިވެސް އޮތީ ހަމައެފަދަ ގޮތެކެވެ. ފަޤީރުޙާލުގައި އުޅޭ އެތައްބައަކަށް ފަހުން ތަނަވަސްކަން ދެއްވަވައެވެ. ތަނަވަސްކަމުގައި އުމުރުގެ ގިނަ ދުވަސްތަކެއް ހޭދަކުރާފަހުން އެބަ ފަޤީރުކުރައްވަވައެވެ. 

މިއިން އެއްވެސް ކަމެއްގެ މައްޗަށް އެއްވެސް މިންވަރަކަށް ބާރެއް ނުހިންގޭނެއެވެ. އޮތީ ޝުކުރުވެރިވެ މިންވަރަށް އީމާންވުމެވެ. ވީމާ އަނެކާއަށް ދެއްވެވި ކަންކަމަށް ނުބަލާށެވެ! ތިމާއަށް ލިބެން އޮތް މިނަވަރު އެއީ ތިމާއަށް ދެއްވެވި މިންވަރުކަމަށް ޤަބޫލުކުރާށެވެ! ކައިވެނިކުރަން ޝަރުޠު ހަމަވާނަމަ ކައިވެނިކުރުން އަވަސްކުރާށެވެ! ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! އެއިރުން ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
5%
ރަނގަޅު
29%
އޯކޭ
52%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް