އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމަށް ކުރި މަސައްކަތްކަތުގައި އިނގިރޭސި ސަފީރު ވެދެއްވި އެހީތެރިކަމަށް ނައިބު ރައީސް ޝުކުރު އަދާކުރައްވައިފި

ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމަށް ކުރި މަސައްކަތްކަތުގައި އިނގިރޭސި ސަފީރު ވެދެއްވި އެހީތެރިކަމަށް ނައިބު ރައީސް ޝުކުރު އަދާކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމަށް ކުރި މަސައްކަތްކަތުގައި އިނގިރޭސި ސަފީރު ކެރޮން ރޮސްލަރ ވެދެއްވި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ޝުކުރު އަދާކުރައްވައިފިއެވެ.

ނައިބު ރައީސް އިނގިރޭސި ސަފީރު ކެރޮން ރޮސްލަރ އަށް ޝުކުރު އަދާކުރައްވާފައިވަނީ އެކަމަނާ ނައިބު ރައީސްގެ އަރިހަށް މިއަދު ކުރެއްވި އިޙުތިރާމުގެ ޒިޔާރާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު މިހާރު ވެސް އޮތް ބަދަހި ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖޭގައި ޤާއިމުވެ ހުންނަވާ އިނގިރޭސިވިލާތުގެ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން މަޤާމުގެ ފުރަތަމަ އަހަރު ފުރިހަމަކުރައްވާފައިވާތީއާއި، އެ ކަމަނާގެ ސަފީރުކަމުގައި ދެ ޤައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކުރުމުގެ ރޮނގުން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާ، އެ ކަމަށްޓަކައި ޝުކުރު އަދާކުރައްވާ، މަރުޙަބާ ވިދާޅުވެފައެވެ. އަދި މި އަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތްއާއި ގުޅުމަށް ކުރި މަސައްކަތް އަވަސްކޮށް، ކާމިޔާބު ކުރުމުގައި އެ ކަމަނާ ވެދެއްވި އެހީތެރިކަން ފާހަގަކުރައްވާ އެ ކަމަށްޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އިނގިރޭސި ވިލާތުގެ ސަފީރު ވަނީ، ކޯވިޑް-19 ގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ގޮތުން ކޯވިޑް-19ގެ ހާލަތުގައި ދިވެހި ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ތަޢުރީފުކުރައްވާ އިނގިރޭސިވިލާތުގެ ސަފީރު ވާހަކަފުޅު ދެއްކެވިއެވެ. އެ ކަމަނާ ވަނީ ތަޢުލީމާއި އިޤްތިޞާދާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ އިތުރުން ތިމާވެއްޓާއި މޫސުމީ ބަދަލުތަކުގެ ރޮނގުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މި ދާއިރާތަކުން ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދަދިނުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިނގިރޭސިވިލާތުގެ ރައްޔިތުން ދަތުރުކުރުމަށް ރައްކާތެރިކަން ބަޔާންކުރާ ކޮރިޑޯ ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިވާތީ އެކަން ފާހަގަކުރައްވައި، އެ ޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އިނގިރޭސި ވިލާތަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ޤައުމުކަން ފާހަގަކުރައްވައި، ކޯވިޑް-19ގެ ހާލަތަށްފަހު ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވައި ފަތުރުވެރިކަން އަލުން ފަށައިގަތުމާއެކު އިނގިރޭސި ވިލާތުގެ ގިނަ ޢަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުން ދިއުމަކީ ދިވެހިރާއްޖެއިން އުފަލާއެކު ބަލައިގަންނަ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ އުފެއްދުންތަކުގެ ޑިއުޓީއަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަށް އެ ޤައުމުގެ ސަރުކާރުން ހެޔޮ ގޮތްތަކެއް ހަދައިދިނުމަށް އެދިވަޑައިގެންނެވިއެވެ.

 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ