އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު
މައްޔިތާގެ މައްޗަށް ހެޔޮދުޢާކުރުން އެންމެ މުހިންމު ވަގުތަކީ ވަޅުލައި ނިމޭ ވަގުތެވެ.
ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ދާވޫދު ރިވާކުރައްވާފައިވާ ޙަދިޘްފުޅެއްގައިވެއެވެ.
ވަޅުލާ ނިމުމަށްފަހު އެތަނުގައި ހުއްޓިވަޑައިގެން ހުންނަވައި އިތުރު އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވެވިއެވެ.
« اسْتَغْفِرُوا لأَخِيكُمْ وَسَلُوا لَهُ التَّثْبِيتَ فَإِنَّهُ الآنَ يُسْأَلُ » [رواه أبو داود]
މާނައީ:
"ތިޔަބައިމީހުންގެ އަޚާއަށް ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. އަދި އޭނާއަށް ޘާބިތުކަން ދެއްވުމަށް އެދިވެސްމެއެވެ. އެހެނީ ހަމަކަށަވަރުން އޭނާއާ މިހާރު ސުވާލުވެވޭނެއެވެ."
އެވަގުތަކީ ދުޢާކުރުން އެންމެ މުހިންމު ވަގުތުކަމުގައިވެގެންދަނީ މައްޔިތާގެ ކައްވަޅުގެ ޙަޔާތް ނުވަތަ ބަރުޒަޚުގެ ޢާލަމް އޭނާއަށް ހެޔޮތަނަކަށްވެގެންދާނީ ވަޅުލުމުން ކުރެވޭ 3 ސުވާލަށް ރަނގަޅު ޖަވާބުދެވިއްޖެކަމުގައިވާނަމަ ކަމުގައިވާތީއެވެ. ރަނގަޅު ޖަވާބު ނުދެވިއްޖެނަމަ އޭނާގެ ކައްވަޅު އޭނާއަށް ވާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. ރަނގަޅު ޖަވާބުދެވިއްޖެނަމަ ވާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
25 ނޮވެމްބަރ 2020