އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބައިވެރިޔާ ދެކެ ލޯބިވާކަން ހާމަކުރަންވީ ކައިވެނި ރޫޅާލަންޖެހޭ ޙާލަތަށް ދިއުމަކުން ނޫން! އެއީ އެއިގެ ކުރިން ކުރަންޖެހޭ ކަމެއް!: މުފްތީ މެންކް

ބައިވެރިޔާ ދެކެ ލޯބިވާކަން ހާމަކުރަންވީ ކައިވެނި ރޫޅާލަންޖެހޭ ޙާލަތަށް ދިއުމަކުން ނޫން! އެއީ އެއިގެ ކުރިން ކުރަންޖެހޭ ކަމެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ކައިވެނީގައި ޖެހޭ މައްސަލަތައް ޙައްލުކުރުމަކީ އަޅުކަމެކެވެ. އިސްލާމް ދީނުގައި އޮތީ މައްސަލަތައް ޙައްލުކޮށްގެން ދިރިއުޅެން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ މަގަކީވެސް އެއީއެވެ. 

އެހެންކަމާއިއެކުވެސް ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލަންވާނެއެވެ! އަބަދު މައްސަލަތަކުގެ ތެރޭގައި ދިރިއޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ﷲ ތަޢާލާއީ ރަޙްާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ޢަފޫކުރެއްވެވުމުގައި އިމެއް ނެތެވެ. އެމީހަކު ތައުބާވެ ދެންނެވިވަރަކަށް ޢަފޫކުރައްވަވައި ދެއްވަވަތެވެ! އިން ޝާ ﷲ 

ނަމަވެސް އިންސާނުން ތަފާތުވާނެއެވެ. އެއީ އިންސާނުން ކަމުގައިވީތީއެވެ. އަބަދު މާފުކުރަންޖެހުމުން ފޫހިވާނެއެވެ. އަބަދު ކުށްކުރާނަމަ ރުޅިގަދަވާނެއެވެ. ކެތްތެރިވާން މަސައްކަތްކުރި ނަމަވެސް ކެތްތެރިކަން ކޮޅުންވެސްލާނެއެވެ. 

އަދި ކީއްހެއްޔެވެ؟ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރަންވީ، ބައިވެރިޔާ ދެކެ ލޯބިވާކަން ހާމަކުރަންވީ ކަންކަން ގޯހުން ގޯހަށް ދަމުން ގޮސް ކައިވެނި ރޫޅައިލަން އެކަކު ނިންމާ ހިސާބަކުންނޫނެވެ. އެއިރު އޮންނާނީ އެކަމުގެ ވަގުތު ފާއިތުވެފައެވެ. މައްސަލަތައް ޙައްލުކޮށް ލޯބިވާކަން ހާމަކުރަންވީ ކަންކަން އެހާލަތަށް ދިއުމުގެކުރިންނެވެ. މާކުރިންނެވެ! 

އަދި ކީއްހެއްޔެވެ؟ ލޯބިވާކަން ހާމަކުރަންޖެހޭނީ ދުލަކުން ނޫނެވެ! ޢަމަލުންނެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
25%
ރަނގަޅު
22%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް