އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންނަ ހުވަފެންތަކާ ލިބިދާނެކަމަށް އުންމީދުކުރާ އުފާވެރިކަންކަން އަމިއްލަ ޢާއިލާއާވެސް ހިއްޞާ ނުކުރާށެވެ!: މުފްތީ މެންކް

ފެންނަ ހުވަފެންތަކާ ލިބިދާނެކަމަށް އުންމީދުކުރާ އުފާވެރިކަންކަން އަމިއްލަ ޢާއިލާއާވެސް ހިއްޞާ ނުކުރާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ބައެއް ފަހަރު އަހަރެމެންނަށް ހުވަފެންތަކަކީ ލިބިދާނެ އުފާވެރިކަމުގެ ޚަބަރުތަކެވެ. އެހެންކަމުން ފެންނަ ހުވަފެންތައް އަމިއްލަ ޢާއިވެސް ހިއްޞާނުކުރާށެވެ! އަދި ލިބިދާނެކަމަށް އުންމީދުކުރާ އުފާވެރިކަން ނުވަތަ ނިޢްމަތްތަކުގެ ވާހަކަވެސް ހިއްޞާނުކުރާށެވެ! 

އެއީކޮށްގެން ނުވާނެކަމެއްކަން އެނގިގެންދަނީ ޤުރްއާނުންނެވެ. ޔޫސުފް ސޫރަތުންނެވެ. ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާއި ގުޅިގެން ބައްޕާފުޅު ޔަޢްޤޫބްގެފާނު ވިދާޅުވި ބަސްފުޅުންނެވެ. 

ފުރަތަމަ ކަމަކީ ހުވަފެންފުޅުގެ މާނަ އެނގިވަޑައިގަތުމާއިއެކުގައިވެސް ޔޫސުފްގެފާނަށް ވިދާޅުވެނުދެއްވެވިކަމެވެ. ދެވަނަ ކަމަކީ ޔަޢްޤޫބްގެފާނަކީ ނަބީބޭކަލެއްކަމުގައި ވެޑައިގެން ހުންނަވައިވެސް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ހިތްޕުޅުގައި އެފެދިދާނެ ހަސަދައަށް ބިރުފުޅުގެންވަޑައިގެންނެވިކަމެވެ. އެހެން ބޭފުޅުންގެ ގާތު އެހުވަފެންފުޅުގެ ވާހަކަ ނުދެއްކެވުމަށް ވިދާޅުވިކަމެވެ. 

ޔަޢްޤޫބްގެފާނަކީ ނަބީބޭކަލެކެވެ. މިދައްކަނީ ނަބީބޭކަލަކަށް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ވާހަކައެވެ. ވީއިރު އަހަރެމެންާއި އަހަރެމެންގެ ދަރިންނާއި ޢާއިލާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތިބޭނީ ކޮން ދަރަޖައެއްގައިހެއްޔެވެ؟ 

މީސްތަކުންނޭވެ! ޢާއިލާ އާއިއެކު ކުރަން އުޅޭ ދަތުރުތަކާއި ކަންކަމުގެ ވާހަކަ ޢާއިލާގެ އެންމެންާއި ހިއްޞާނުކުރާށެވެ! ވިޔަފާރީގައި ލިބޭ ފައިދާއާއި ކުރިއެރުމުގެ ވާހަކަވެސް އެންމެންނާއި ހިއްޞާނުކުރާށެވެ! އެހެނީ މީސްތަކުންގެ އެންމެ ބޮޑު ޢަދުއްވުކަމުގައިވާ ޝައިޠޯނާ އަބަދުވެސް ހުންނާނީ ފިތުނަ އާއި ޙަސަދަ އުފައްދުވާނެ ފުރުޞަތަކަށް ބަލަބަލައިކަމަށްވާތީއެވެ.

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


9%
ވ.ރަނގަޅު
18%
ރަނގަޅު
38%
އޯކޭ
34%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް