އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު
އަޅުގަނޑުގެ ދޮންބޭބެ އިބްރާހީމް ޢަބްދުއްރަޙްމާން (ދަފްތަރު ނަންބަރު ރސ. 10013 (ލ. މާމެންދޫ / ދިލްކަޝްގެ) އަކީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ކުރަމުންދާ މީހެކެވެ. ރާއްޖެއިން ކުރެވެން ހުރި ފަރުވާ ކުރުމަށްފަހު ރާއްޖެއިން ނުލިބޭ ފަރުވާ ކުރުމަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް އަށް ދިއުމަށް އާސަންދަ ވަނީ ހަމަ ޖެހިފައެވެ.
އަދި އާސަންދަ އިންކަވަރު ކުރަނީ ބޭސްފަރުވާ އާއި ޓިކެޓު ކަމުން ފައިސާގެ އެހީ ވަރަށް ބޮޑަށް ބޭނުން ވެއެވެ. ޑޮކްޓަރ ވިދާޅުވެފައިވަނީ ދޮޅުމަސް ދުވަހު އިންޑިއާ ގައި މަޑުކުރަން ޖެހޭނެ ކަމަށެވެ. އަދި އަވަހަށް ފަރުވާ ދެވިއްޖެ ނަމަ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ. މިހާރު ކަރަންޓީން ފީވެސް އާސަންދައިން ކަވަރު ނުކުރާތީ އާއި ކެއުމާއި ހުރުންވެސް އަމިއްލައަށް ހަމަޖައްސަން ޖެހޭތީ ތިޔައެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރި ކަމަށް އެދެމެވެ.
ދޮންބޭބެ އަކީ ދަރިއަކު ނެތް މީހެކެވެ. ދިރިއުޅުމުގެ ބޮޑުބައި ހޭދަ ކޮށްފައިވަނީ ވިލިމާލޭގައެވެ. އާމްދަނީ ހޯދުމަށް ކުރަމުންއައި މަސައްކަތަކީ ވިލިމާލޭގައި ކުޑަ ފިހާރައެއް ހިންގުމެވެ. މީގެ 7 ވަރަކަށް އަހަރު ކުރިން ވިލިމާލެ ދޫކޮށް ލ. ގަމަށް ދިރިއުޅުންބަދަލު ކުރިއެވެ. ކެއްސުމާއި އަޑު ބަދަލުވުންފަދަ އުދަނގޫތައް ވަރަށް ބޮޑުވުމުން ގަމު ހޮސްޕިޓަލަށް ދެއްކުމުން މާލެ ދިއުމަށް ލަފާ ދެއްވިއެވެ. އަދި ހަމަ އެދުވަހު މާލެއައިސް އެކި ދުވަސް ތަކުން ހެދި ޓެސްޓުތަކުން އެގުނީ ފުއްޕާމޭގެ ކެންސަރު ސްޓޭޖް 3 ގައިވާ ކަމެވެ.
އިންޑިޔާއަށް އެހީތެރިއެއްގެ ގޮތުގައި ދާންހުރީ އަޅުގަނޑެވެ. އެހެން ނަމަވެސް އަޅުގަނޑު އަންހެނަކު އެކަނި ދޮންބޭބެ ގޮވައިގެން ގޮސް ނޫޅެވޭނެތީ އިތުރު އެހީތެރިއަކުވެސް ގެންދަން ޖެހެއެވެ. އެމީހެއްގެ ޓިކެޓުވެސް ނަގަން ޖެހެނީ އަމިއްލަ ޚަރަދުގައި ކަމަށް ވެފައި އަޅުގަނޑުމެންނަކީ މިހާބޮޑު ހޭދައެއް ކުރެވޭނެވަރުގެ ތަނަވަސް ބައެއް ނޫނެވެ. ކިތަންމެ ކުޑަ އެހީތެރި ކަމެއް ނަމަވެސް ފޯރުކޮށް ދެއްވަވާ-
ބީ އެމް އެލް އެކައުންޓު ނަންބަރު 7707499735102 Arifa Abdul Rahman
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ އަޅުގަނޑު (ޢާރިފާ ޢަބްދުއްރަޙްމާން) އަށް ގުޅުއްވާ 7536892 (އިބްރާހީމް ޢަބްދުއްރަޙްމާން ގެ ކޮށްކޮ)
Advertisement
3 ނޮވެމްބަރ 2020