އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރީގަ ބަރަކާތް ލެއްވެވުން އެދޭމީހާ މުދާ ވިއްކެން އޮތް އެންމެ ބޮޑު އަގު ނުބަލާށެވެ! އެންމެ ކުޑަ ފައިދާ ލާފައި ވިއްކާށެވެ!: މުފްތީ މެންކް

ވިޔަފާރީގަ ބަރަކާތް ލެއްވެވުން އެދޭމީހާ މުދާ ވިއްކެން އޮތް އެންމެ ބޮޑު އަގު ނުބަލާށެވެ! އެންމެ ކުޑަ ފައިދާ ލާފައި ވިއްކާށެވެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 3 ސިކުންތު

ވީހައި ގިނަ އފައިސާ ބޭނުންނުވާ މީހަކު ނުހުންނާނެއެވެ. ފައިސާއަކީ ލިބޭވަރަކަށް އަބަދުވެސް އިތުރަށް ބޭނުންވާ އެއްޗެކެވެ. ކިތަންމެ ގިނައިން ލިބުނު ނަމަވެސް ލިބި އިތުރުވާ އެއްޗެއް ނޫނެވެ. މީހަކަށް ރަނުގެ ވާދީއެއް ލިބިއްޖެނަމަ ދެވަނަ ވާދީއަކަސް އެދޭނެކަމާއި ދެވަނަ ވާދީ ލިބުމުން 3ވަނަ ވާދީއަކަށް އެދޭނެކަމާއި ކިތަންމެ ގިނަ އަދަދެއްގެ ވާދީ ލިބުނު ނަމަވެސް ހިތް ނުފުރޭނެކަން ޙަދީޘުން އެގެން އެއޮތީ އެ ސަބަބަށްޓަކައެވެ.   

ދުނިޔޭގައި އަބަދުވެސް ފަޤީރުން އުޅޭނެއެވެ. މިވަގުތަކީ ގިނަބައަކު އިތުރަށް ފަޤީރުވެ ޙާލުގައި ޖެހިފައިވާ ވަގުތެކެވެ. އަދި ކިތަންމެ ދަތިޙާލުގައި ދިރިއުޅޭ މީހާއަށްވެސް ކޮންމެހެން ބޭނުންވާނެ ތަކެތި ހުންނާނެއެވެ. އެތަކެއްޗާއި ނުލައި އޭނާގެ އަސާސީ ބޭނުންތަކެއް ނުފުއްދޭނެއެވެ. 

ވީމާ ޚާއްޞަކޮށް މިދުވަސްވަރު ތަކެތި ވިއްކުމުގައި ފައިދާލާ މިންވަރާއިމެދު ވަރަށް ބޮޑަށް ވިސްނަންވާނެއެވެ. ފައިދާގެ ގޮތުގައި ލާންޖެހޭނީ ލެވެން އޮތް އެންމެ ބޮޑު ފައިދާއެއް ނޫނެވެ. ބަލަންވީ ވިއްކައިގެން ތިމާއަށް ކޮންމެވެސް ވަރެއްގެ ފައިދާއެއްލިބުމާއިއެކު އެއްޗެއް ވިއްކެން އޮތް އެންމެ ކުޑަ އަގަކަށެވެ. 

ބޮޑު ފައިދާގައި ވިއްކުމުން އެވަގުތު ލިބޭ ނަފާ ބޮޑުވެގެން ހިނގައިދާނެއެވެ. ނަމަވެސް އެއިގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވައިފިނަމަ ކުރާނެ ޙަޤީޤީ މަންފާއެއް ނުއޮންނާނެއެވެ. ހަމައެއާއިއެކު ހޯދި ކުޑަމަންފާގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައިފިނަމަ އެއިން ކުރާނެ ފައިދާ އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! ތިބާއަށް ހަޤީޤީ ފައިދާ ބޮޑީ ކޮންގޮތެއް ހެއްޔެވެ؟ 

މިސާލަކަށް އެއްޗެއް ވިއްކާލައިގެން އެވަގުތު ފައިދާއަށް ލިބޭ 1000 ޑޮލަރަށްވުރެ ލިބޭ 10 ޑޮލަރުން ތިބާއަށްކުރާ ފައިދާ މާބޮޑުވެދާނެއެވެ. މުހިންމީ ﷲ ތަޢާލާ ބަރަކާތް ލެއްވެވުމެވެ. ނޫންނަމަ 1000 ޑޮލަރު ލިބޭތަނުން އަތުން 10،000 ޑޮލަރު ޚަރަދުކުރަންޖެހޭ ގޮތްވެސް މެދުވެރިވެ ލިބޭ ގެއްލުން މާބޮޑުވެދާނެއެވެ. 

ހަމައެއާއިއެކު އެއްވެސް ވިޔަފާރިއެއްކުރާއިރު ގަންނަ މީހާގެ މޫނަށް ނުވަތަ ޖީބަށް ބަލައިގެން އަގުނުކިޔާށެވެ! ކިތަންމެ ތަނަވަސްކަންހުރި މީހަކަށް އެއްޗެއް ވިއްކި ނަމަވެސް ތަންދޮރު ނުދަންނަ އަގު ނުއެނގޭ މީހަކަށް އެއްޗެއް ވިއްކާޢަގަށްވުރެ އެންމެ ސެންޓެއް ވެސް އަގު ބޮޑު ނުކުރާށެވެ! އެއީ މުސްލިމުންނަށް ކުރުން ހުއްދަ ކަމެއް ނޫނެވެ. ވީމާ އެފަދަ ކަންކަން ނުކުރާށެވެ. ޙައްޤު މިންވަރުން ފައިދާ ހޯދާށެވެ! އެއިރުން ﷲ ތަޢާލާގެ ރަޙްމަތާއި ބަރަކާތް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ

- މުފްތީ މެންކްގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


8%
ވ.ރަނގަޅު
0%
ރަނގަޅު
25%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް