އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ރާއްޖެ ފުރުވާވަރަކަށް މަޖީދީ މަގުގެ ޙާލަތުގެ ބިރުވެރިކަން ބޮޑުވަނީ!

ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ރާއްޖެ ފުރުވާވަރަކަށް މަޖީދީ މަގުގެ ޙާލަތުގެ ބިރުވެރިކަން ބޮޑުވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ކުރިން އެމީހުން ތިބެމުން އައީ މަޖީދީމަގުން ޛިކުރާ، ހުދުމާ ސަރަހައްދުގައެވެ. މިހާރު އެމީހުން "އަހަރެން ގަންނާނެއްބާ!" ބޯޑުއަޅުވައިގެން ނުތިބޭ ދިމާއެއް މަޖީދީ މަގުން ފާހަގައެއް ނުކުރެވެއެވެ. 

ތިބެނީ ވެސް ހަމަ މިފަދައިން ފުނިފުންޏަށެވެ. ކައިރިކައިރީގައެވެ. ސޯޝަލް ޑިސްޓޭންސިން ފޮޓޯ އިން ފެނިވަޑައިގަންނަވާނެއެވެ. ލިޔުމުގައިވާ ފޮޓޯއަކީ މިއަދު މެންދުރު 1 ޖެހިއިރު ނަގާފައިވާ ފޮޓޯއެވެ. 

މިސްކިތްތަކަށް އަރާ މީހުން ބިރުގަންނަވަމުންގޮސް ސުންނަތާއި އެއްގޮތަށް ސަފުހެދުން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު މިއަދު މިވަނީ އުފެދިފައެވެ. މިސްކިތްތަކުގެ ތާޅަފިލިން ދުވާލަކު 10 ފަހަރު މީސްތަކުން އެގަންނަވާ ބިރުގައި އެއްވެސް ހަޤީޤަތެއްވާނަމަ މަގުމަތީގައި މިގޮތަށް ޖެހިފިތިގެން ފުނިފުންޏަށް މީހުން ތިބެން ފުލުހުން ފުރުޞަތު ދޭނެކަމަކަށް ޤބޫލެއް ނުކުރެވެއެވެ. 

މިއަދު އަންހެނުންނާއި ކުޑަކުދިންނަށް ޕޭމަންޓްމަތިން ހިނގުން މިވަނީ ބިރުވެރިކަމަކަށްވެފައެވެ. ބައެއް ސަރަހައްދުތަކުން އަންހެނުން ހިނގަން ބިރުގަނެ، ގަންނަބިރުން ހިނގާ ސްޕިޑް ބާރުކުރާކަމާއި މަގުމަތީގައި ހުއްޓި ތިބޭ ބަންގާޅު މީހުންގެ ގައިގައި އަޅައިގަތުމުން ސަލާމަތްވާން އުޅޭ ޙާލު މަޖީދީމަގުގައި ބެހެއްޓިފައި ހުރި ސީސީޓީވީ ކެމެރާތައް ފުލުހުން ދިރާސާކުރާނަމަ ފެންނާނެއެވެ. 

ކޮންމެއަކަސް ކޮންމެ ދުވަހަކު ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ 200 މީހުން ފުރުވާވަރަކަށް މަޖީދީމަގަށާއި ބަނދަރުމައްޗަށް ވަނީ ބާރުބޮޑެވެ! މާލެ އަންނަ އޮޑިދޯނިފަހަރަށް ދަމާކަނޑަން އަރާ ލަޝްކަރުވަނީ ބޮޑެވެ! ބިލްވެސް ނުހަދައި ތަކެތި ވިއްކޭ ގޮތަށް މާލޭގައި ހުޅުވޭ އެމީހުންގެ ފިހާރަތައްވެސް ވަނީ ގިނައެވެ! އެފިހާރަތަކުން ޛީއެސްޓީ ހިމެނޭ ބިލް ނުހަދަނީ ތަކެތި "ބޭބެއަށް 200 ރުފިޔާއަށް" ދޭތީއެވެ. ވިއްކަނީއެއް ނޫނެވެ.

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
33%
ރަނގަޅު
16%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް