އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީ އިން ކުރިއަށްގެންދާ ދުވާފަރު މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

އެމްޓީސީސީ އިން ކުރިއަށްގެންދާ ދުވާފަރު މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

އެމްޓީސީސީ އިން ކުރިއަށްގެންދާ ރ.ދުވާފަރު މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.

މިކަމާއި ގުޅިގެން އެމްޓީސީސީ އިން ބުނެފައިވަނީ ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ %81 ނިމިފައިވާކަމަށާއި އަދި މި މަޝްރޫޢުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ %30 ވެސް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، ފައިމަގުގައި ހިނގޭ ގޮތަށް 6813.08 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 25،513 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 47.04 މިލިއަން ރުފިޔާ އެވެ.

މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 12 ޖޫން 2019 ގައެވެ. 

މީގެއިތުރުން އެމްޓީސީސީ އިން ބުނެފައިވަނީ އެކުންފުނިން ކުރިއަށް ގެންދާ ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 26 ޕަސެންޓް ނިމިފައިވާކަމަށާއި އަދި މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 65 ޕަސެންޓް ވެސް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256  މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1،280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މި މަޝްރޫޢުއަކީ 35.60 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް