އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލް ޞޢވ, ގެ ހަށިކޮޅުން ހިއްލާ ދައުފޮދުން ދުވާ މީރުވަސް - އެއީ މުޢްޖިޒާތެއް!: މުފްތީ މެންކް

ރަސޫލް ޞޢވ, ގެ ހަށިކޮޅުން ހިއްލާ ދައުފޮދުން ދުވާ މީރުވަސް - އެއީ މުޢްޖިޒާތެއް!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 40 ސިކުންތު

އަނަސްބިން މާލިކް (ރޢ)ގެ އަރިއަހުން ރިވާވެގެންވެއެވެ. "ހުވަނދު ލެއްވެވުމަށް ރަސޫލް ﷺ އިންތިހާއަށް ލޯބިފުޅުކުރެއްވެވިއެވެ. އަދި ރަސޫލް ﷺ ގެ ހަށިކޮޅުން ހިއްލާ ދައުފޮދަށްވުރެ މީރުވަސްދުވާ އެއްވެސް ހުވަނދެއް ފެނިވަޑައިގެންފައެއް ނުވެއެވެ! އެއީ "މަސްކް" ނުވަތަ "އަންބަރު" ކަމުގައިވީނަމަވެސްމެއެވެ. 

މިއީ ރަސޫލް ﷺ އަށް ﷲ ތަޢާލާ ދެއްވެވި މުޢްޖިޒާތްތަކުގެތެރެއިން މުޢްޖިޒާތެކެވެ. 

ވީމާ ހުވަނދުލުމަކީ ސުންނަތެކެވެ. މީސްތަކުންގެ ތެރެއަށް (ފިރިހެނުން) ނުކުންނައިރު ހުވަނދުލައި ގައިން މީރުވަސް ދުއްވަންވާނެއެވެ. ނަމަވެސް ހަނދާންކުރާށެވެ! ގިނަ ބައަކަށް ނުބައިވަސްދުވާ ޒާތުގެ ހުވަނދުލައިގެން ނުވާނެއެވެ. އެއިރުން ކަމުގެ މަޤްޞަދު އެދަނީ ގެއްލިގެންނެވެ. ލާންވާނީ ގިނަބައަކަށް މީރުވަސްދުވާ ޒާތުގެ ހުވަނދެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


31%
ވ.ރަނގަޅު
18%
ރަނގަޅު
18%
އޯކޭ
31%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް