އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަސޫލާ ޞޢވ, 7 ކަމަކަށް ވަޞިއްޔަތް ކުރައްވަވައި 7 ކަމެއް މަނާކުރެއްވެވިއެވެ!

ރަސޫލާ ޞޢވ, 7 ކަމަކަށް ވަޞިއްޔަތް ކުރައްވަވައި 7 ކަމެއް މަނާކުރެއްވެވިއެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 22 ސިކުންތު

الْبَرَاءِ بْنِ عَازِب ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ.

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަން ބޭކަލުންނަށް ހަތް ކަމަކަށް އަމުރުކުރެއްވިއެވެ. އަދި ހަތް ކަމެއް ނަހީކުރެއްވިއެވެ. ޖަނާޒާގެ ފަހަތުން ދިޔުމަށާއި، ބަލިމީހުންނަށް ގޮވާލަންދިޔުމަށާއި، ކިނބިހި އެޅޭމީހާއަށް ޖަވާބުދިނުމަށާއި، ދަޢުވަތު ޤަބޫލުކުރުމަށާއި އަނިޔާލިބޭ މީހާއަށް ނަޞްރު ދިނުމަށާއި، މީހަކު ކަމެއް އެދި ހުވާކޮށްފިނަމަ އެކަމެއް ފުއްދައިދިނުމަށާއި، ސަލާމްގެ ޖަވާބުދިނުމަށް ތިމަން ބޭކަލުންނަށް އަމުރު ކުރެއްވިއެވެ.

މަނާކުރެއްވެވި ކަންކަމަކީ ރިހީގެ ކަންވާރު (ތަށި، ތެލި) ފަދަ ތަކެތި ބޭނުންކުރުމާއި  ރަން އަނގޮޓިއެޅުމާއި ސިލްކާއި ސިލްކު ފޭރާމުގެ ބާވަތްތައް ބޭނުންކުރުމެވެ.

Narrated Al-Bara’ bin ‘Azib:

Allah’s Apostle ordered us to do seven things and forbade us to do other seven. He ordered us:

to follow the funeral procession. to visit the sick, to accept invitations, to help the oppressed, to fulfill the oaths, to return the greeting and to reply to the sneezer: (saying, “May Allah be merciful on you,” provided the sneezer says, “All the praises are for Allah,”). He forbade us to use silver utensils and dishes and to wear golden rings, silk (clothes), Dibaj (pure silk cloth), Qissi and Istabraq (two kinds of silk cloths).

Bukhari Volume 2, Book 23, Number 331 

މިޙަދީޘްފުޅާއި ގުޅިގެން ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ.  

"މިއީ އަޅުގަނޑުމެން މުސްލިމުންނަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްވާފައިވާ މަތިވެރި އިރުޝާދުތަކުގެ ތެރެއިން ފުރިހަމަ އިރުޝާދެކެވެ. މި ޙަދީޘްގައި އަލްބަރާއު ބުނު ޢާޒިބު ރަޟިޔަﷲ ޢަންހު ބަޔާންކޮށްދެއްވާފައިވަނީ އަޅުގަނޑުމެންގެ އެއްބައިވަންތަ ކަމުގަ ކިއްލާ ރައްކާތެރި ކުރާނެ އަސާސީ މުހިއްމު ކަންތައްތަކެވެ. އެއީ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދަސްކޮށްދެއްވާފައިވާ މަތިވެރި އަޚްލާޤުގެ ސިފަތަކެކެވެ.

ދެބަސްވެވެން ނެތް ޙަޤީޤަތަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، މި ދުނިޔެ ދޫކުރެއްވުމުގެ ކުރިން އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގެ ހުރިހާމަގެއް ދައްކަވާ ދެއްވާފައިވާކަމެވެ. އެކަމެއްގައި ހެވެއް ވާނަމަ އެކަމެއް ކުރުމަށް އަޅުގަނޑުމެންނަށް އިރުޝާދުދެއްވިއެވެ. އަދި އެކަމަކުން ގެއްލުމެއް ވާނަމަ އެކަމަކުން ދުރުހެލިވުމަށް އަޅުގަނޑުމެންނަށް އިންޒާރު ކުރެއްވިއެވެ. އަޅުގަނޑުގެ މައިންބަފައިން އެކަލޭގެފާނަށްޓަކައި ފިދާއެވެ. صلى اللـه عليه وعلى آله وصحبه وسلم"

އާރޓިކަލް ރޭޓްކުރައްވާ


29%
ވ.ރަނގަޅު
14%
ރަނގަޅު
26%
އޯކޭ
29%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް