އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޞާލިޙް, ނިއު ޒިލެންޑުގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި

ރައީސް ޞާލިޙް, ނިއު ޒިލެންޑުގެ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ޖަސިންޑަރ އާޑާންއަށް މަރުޙަބާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ. ޖަސިންޑަރ އާޑާން ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ މަޤާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތީ، ހުސްވި ހަފުތާގައި ބޭއްވި އެ ޤައުމުގެ ޢާންމު އިންތިޚާބުގައި އެ ކަމަނާގެ ލޭބަރ ޕާޓީއިން ހޯދި ކާމިޔާބީއާ އެކުގައެވެ.

ޖަސިންޑަރ އާޑާންއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި އިންތިޚާބުގައި ލޭބަރ ޕާޓީއިން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، އެ ކާމިޔާބީގެ ފަހަތުގައި ވަނީ، އެ ކަމަނާގެ ހިންގުންތެރި ސިޔާސަތުތައް ކަމުގައި ވިދާޅުވިއެވެ. އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19 ގެ ޙާލަތާއި ކުރިމަތިލުމަށް އެ ކަމަނާ ގެންގުޅުއްވާ ސިޔާސަތުތަކަކީ، މުޅި ދުނިޔޭގެ ތަޢުރީފު އެ ކަމަނާއަށް ލިބުނު ސިޔާސަތުތަކެއް ކަމުގައި ފާހަގަކުރައްވައި، އެ ސިޔާސަތުތަކަށް ތަޢުރީފުކުރުމުގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ދިވެހިރާއްޖެއާއި ނިއު ޒިލެންޑާ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެ މަނިކުފާނު ވަނީ ޖަސިންޑަރ އާޑާންގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް އެ މަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި، އަދި، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމާމެދު ޝައްކު ނުކުރައްވާ ކަމުގައި ވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވައިލެއްވީ، ނިއު ޒިލެންޑުގެ ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތަކާއި، ކުރިއެރުމާއި، ފާގަތި ދުވަސްތަކަކަށް އެދިވަޑައިގަންނަވަމުންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު