އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފެންވަރު ރަނގަޅު ފަރުވާދޭ ޔޫރަޕްގަ މީހުން މަރުވި ނިޞްބަތަށް ވުރެ ރާއްޖޭގަ ފުއްޕާމޭ ބަލި މީހުން މަރުވި އަދަދު މާމަދު: ޑރ. މޫސާ ޙުސައިން

ފެންވަރު ރަނގަޅު ފަރުވާދޭ ޔޫރަޕްގަ މީހުން މަރުވި ނިޞްބަތަށް ވުރެ ރާއްޖޭގަ ފުއްޕާމޭ ބަލި މީހުން މަރުވި އަދަދު މާމަދު: ޑރ. މޫސާ ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ބޭސްފަރުވާ ކުރުމުގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އެންމެ ފެންވަރު ރަނގަޅު ފަރުވާދޭ ޔޫރަޕްގައި ކޮރޯނާ ޖެހިގެން މީހުން މަރުވި ނިޞްބަތަށް ވުރެ ރާއްޖޭގަ ފުއްޕާމޭ ބަލި މީހުން މަރުވި އަދަދު މާމަދު ކަމަށް ޑރ. މޫސާ ޙުސައިން ވިދާޅުވެއްޖެއެވެ. 

މިއަދުނޫހަށް މަޢުލޫމާތު ހިއްޞާކުރައްވަމުން ޑރ. މޫސާ ޙުސައިން މިއަދު ވިދާޅުވީ ތަފާސް ހިސާބުތަކަށް ބައްލަވާއިރު ޔޫރަޕްގައި ސަލާމަތް ނުވެވުނު ޙާލުގައި ތިބި ފުއްޕާމޭގެ އެތައް ބަލިމީހުން ރާއްޖޭގައި ފަރުވާކޮށްގެން ގަދަވެފައިވާ ކކަމަށާއި އެމީހުންގެ ފޮލޯއަޕް މިހާރުވެސް ހައްދަވަމުން ގެންދަވާކަމަށެވެ. "އެމީހުންގެ ޙާލަތު ހަމަ ރަނގަޅު. އަޅުގަނޑު މިގެންދަނީ އެމީހުންގެ ކަންކަން ވަރަށް ގާތުން ބަލަހައްޓަމުން." 

ޑރ. މޫސާ ޙުސައިން ވިދާޅުވީ ފަރުވާ ދެމުން ދަނިކޮށް ރާއްޖޭގައި ގިނައިން މަރުވެފައިވަނީ ކެންސަރު އަދި އެނޫންވެސް ތަފާތު ބޮޑެތި ބަލިތައް ހުރި މީހުން ކަމަށެވެ. " 10،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވުމަކީ 100،000 މީހުންނަށް ބަލިޖެހުން ކަމަށް ބެލެވެނީ! ނަމަވެސް ފަރުވާ ދެވެމުން ދަނިކޮށް ބަލީގަ ަރުވެފައިވަނީ 20 ވަރަކަށް މީހުން. މިއީ ﷲ ގެ ރަހްމަތްފުޅުން ވަރަށް ވަރަށް ރަނގަޅު އދަދެއް." 

"ބަލިޖެހުން މިހާރު މިވަނީ ވަރަށް ބޮޑަށް މަދުވެފަ. ނަމަވެސސް ބަލި ވަރަށް ބޮޑަސް ދިގުލައިގެން ހިނގައްޖެ. މިއީ އަދިވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭނެ ކަމެއް. ރައްކައުތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭ، އެއިރުން ބަލިން ސަލާމަތްވުން އަވަސްވާނީ." ޑރ. މޫސާ ޙުސައިން ވިދާޅުވިއެވެ.

"ކޮވިޑް ހުއްޓުވައިދެއްވެވޭނީ ހަމައެކަނި ﷲ އަށް" ކަމަށާއި ދިވެހިންނަށް މާތް ﷲ ގެ ނިޢްމަތާ ރަހްމަތް ބޮޑުކަމަށް އަބަދުވެސް ބުނަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. މާތް ﷲ ގެ ރަޙްމަތް ދިވެހިންނަށް މިހައި ބޮޑުވުމަކީ ޝުކުރުވެރިވުން އިތުރުކޮށް ދުޢާކުރުން ގިނަކުރަންޖެހޭ ސަބަބެވެ.

އާރޓިކަލް ރޭޓްކުރައްވާ


26%
ވ.ރަނގަޅު
26%
ރަނގަޅު
26%
އޯކޭ
20%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް