އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމު އާދޭސްކުރަނީ ސިފައިންގެ އެހީތެރިކަމަށް! އެންމެ ނުރައްކާތެރި އުދައެރުމުން ސަލާމަތްވާން ސަރުކާރު ނުކުޅެދޭނަމަ އަރާ އުދަ މާބޮޑުވާނެ!

ޤައުމު އާދޭސްކުރަނީ ސިފައިންގެ އެހީތެރިކަމަށް! އެންމެ ނުރައްކާތެރި އުދައެރުމުން ސަލާމަތްވާން ސަރުކާރު ނުކުޅެދޭނަމަ އަރާ އުދަ މާބޮޑުވާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 31 ސިކުންތު

"މިހާރަކަށް އައިސް އެންމެ ގިނައިން ފެންނަ ޚަބަރަކީ އުދައެރުމުން ސަލާމަތްވާން ސަރުކާރުން ކުރަމުން ގެންދާ ކަންކަމުގެ ޚަބަރުތަކެވެ. ކިޔައިލާއިރު ހާމަކޮށްފައި ހުންނަނީ ކަނޑުގެ ލޮނުގަނޑު ބޮޑުވެގެން އަރާ އުދައިން ސަލާމަތްވާން ކޮންމެވެސް ތޮށްޓެއްލާ ވާހަކައެވެ. 

ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވޭނެ ހަމަ އެކަކުވެސް ނެތެވެ. ރާއްޖޭގެ ރަށްތަކަކީ ދުނިޔޭގެ ނިޞްބަތުންވެސް ބެލި ނަމަވެސް އެންމެ ފަސްގަނޑު ތިރި ރަށްތަކެވެ. ދިޔަވަރު ބޮޑުވުމުން ބައެއް ރަށް ދިޔަގަނޑަށްވުރެ ތިރީގައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ބައެއް ރަސްތަށް ދިޔަގަނޑާ އެއްވަރުގައިވެސް އެބަހުއްޓެވެ. ސަލާމަތްކަން ލިބި އެންމެ ރަށެއްވެސް އަޑިއަސް ނުގޮސް މިވަނީ މާތް ﷲ ގެ ރަޙްމަތްފުޅުންނެވެ. 

ކަނޑުތޮށިލުމާއި އެއްގަމުތޮށިލުމާއި އެއްގަމު ތޮށިލުންފަދަ އެއްވެސް ކަމެއް ކުރުމާއި ދެކޮޅު ހަދަނީއެއް ނޫނެވެ. މާތް ﷲ އަންގަވާފައިވަނީ ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތްކުރުމަށެވެ. 

ބުނަން ބޭނުންވަނީ މިނާޒުކު ޙާލަތުގައި ރާއްޖޭގެ ރަށްތައް ހިމާޔަތްކޮށްދެއްވަވާފަރާތަކީ މާތް ﷲ އެވެ. މާތް ﷲ އިރާދަކުރައްވަވައިފިނަމަ އުދައަށް ނޭރޭނެ ވަރުގެ އުސްތޮށްޓެއް ނުލެވޭނެއެވެ. ކިތަންމެ ވަރަކަށް އުސްކުރި ނަމަވެސް ހަމަ އަރާނެއެވެ. ވީމާ ފުރަތަމަ ކަމަކީ މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. 

ރާއްޖެއަށް މިހާރު އަރަމުން މިދަނީ އެންމެ ނުރައްކައުތެރި އުދައެވެ. އެއީ އިސްލާމުންގެ ގޮތުގައި ތިބި ބައަކު ކާފިރުވަމުން ދިއުމާއި ކާފިރުކުރަން މަސައްކަތްކުރުމެވެ. މިއަށްވުރެ ބިރުވެރި އުދައެއް ނުވެސްވާނެއެވެ. މިއުދަ ކޮންމެ ދުވަހަކު އަރަމުންދާއިރުވެސް އެ ބިރުވެރި ނުރައްކައުތެރި އުދައިން ރާއްޖެ ސަލާމަތްކުރަން އެއްވެސް ބާވަތެއްގެ "ތޮށްޓެއް" ލަމުން ގެންދާތަނެއް ނުފެނެއެވެ. ފެންނަނީ އެ ބިރުވެރި ނުރައްކައުތެރި އުދައަރަން ފަސޭހަކުރުމުގެ ގޮތުން ފަސްގަނޑު ތިރިކުރަމުން ގެންދާތަނެވެ. 

އަޅުގަނޑުގެ ނަޒަރުގައި މިނުރއްކައުތެރި ބިރުވެރި އުދަ އެރުން ހުއްޓުވޭނީ ހައުސިންގ މިނިސްޓްރީއަކަށް ނޫނެވެ. އިސްލާމިކް މިނިސްޓްރީ އަށާއި ފުލުހުންނަށާއި ސިފައިންނަށެވެ. ޝރުޢީ ކޯޓުތަކަށެވެ.

ސިފައިންނަކީ އަބަދުވެސް ފުލުހުންނަށް ކުރަން އުނދަގޫވާކަންކަން ކުރަން އެހީތެރިވެދެމުން ގެންދާ ބައެކެވެ. ބައަކަށް ޤަބޫލުނުކުރެވުނު ނަމަވެސް އިސްލާމިކް މިނިސްޓްރީ އެވަނީ މިކަމުގައި ޕރެލައިޒްވެފައެވެ. ވާގިނެތިފައެވެ. ދީނީ ޢިލްމްވެރިން ވަނީ ދަތްނެތް، ވަކި ނެތް މިނިކާވަގުތަކަކަށް ބަދަލުކުރުވައިފައެވެ. އެބޭލުންނާއިމެދު ނަފްރަތު އުފައްދުވައިގެންނެވެ. ފުލުހުންގެ މުއައްސަސާއިން އަލަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ގޮންޖެހުންތައް އެބަހުއްޓެވެ. ފުލުހުންގެ މަސައްކަތަށް މަޖިލީހުގެ ރައީސް އެގެންދަނީ ފައުޅުގައި ބިރުދައްކަމުންނެވެ. 

ރާއްޖެއަށް އަރަމުން މިދާ މި ބިރުވެރި ނުރައްކައުތެރި އުދައެރުމުން ރާއްޖެ ސަލާމަތްކޮށްދެވޭނެ ހަމައެކަނި މުއައްސަސާއަކަސް މިއަދު ފެންނަން އޮތީ ދިވެހި ސިފައިންގެ މުއައްސަސާއެވެ. ދިވެހި ސިފައިންނެވެ. ޤައުމު މިއަދު ރޮއި އާދޭސްކުރަނީ ދިވެހި ސިފައިންގެ އެހީތެރިކަމަށެވެ. 

މާތް ﷲ މިންވަރުކުރައްވަވާ ކަމެއް، އެކަލާނގެ ރުހިވޮޑިގަތުން ނުހޯދައި ޙާޞިލުކުރެވޭނީ ކޮން ތޮށްތަކަށްކަން ނިކަން ބުނެދީބަލާށެވެ! ވީމާ ކުޑަ އުދައެރުން ހުއްޓުވުމަށް އެންމެ މުހިންމީ އެންމެ ބޮޑު އުދައެރުން ހުއްތުވުމެވެ! 

- އަލަފްގެ ވިސްނުން

އާރޓިކަލް ރޭޓްކުރައްވާ


31%
ވ.ރަނގަޅު
4%
ރަނގަޅު
22%
އޯކޭ
40%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް