އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އާ ރަސޫލާ ޞޢވ, އަށް ފުރައްސާރަކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅުއަޅަން ޤާސިމް ގޮވާލައްވައިފި!

ﷲ އާ ރަސޫލާ ޞޢވ, އަށް ފުރައްސާރަކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅުއަޅަން ޤާސިމް ގޮވާލައްވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 0 ސިކުންތު

މިހާރަކަށް އައިސް މާތް ﷲ ވޮޑިގެންނުވާކަމަށް ބުނަމުންދިއުމާއި ރަސޫލާ (ޞޢވ) އާއި ތަފާތު ގޮތްގޮތަށް ދިމާކޮށް އެކިކަހަލަ މަލާމާތްކޮށް ފާޅުގައި މިޤައުމުގައި (ދިވެހިރާއްޖޭގައި) ފާޑުކިޔަމުން ގެންދާކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށް ވިދާޅުވެ މިކަންކަމަށް އެންމެ ހަރުކަށި ފިޔަވަޅު އަޅަން ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ. 

ޤާސިމް އިބްރާހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ އިސްލާމް ދީނުގެ ޢަދާވާތްތެރިންގެ އަތުން ފައިސާ ހޯދައިގެން ރާއްޖޭގެ ޖަމާއަތްތަކުން މިފަދަ ކަންކަން ކުރުމާއި އެފަދަ ފަރާތްތަކާއި ގުޅިފައިވާ ބައެއް ފަރުދުން މިނުބައި ޢަމަލުތައް ހިންގަމުންދާއިއރުވެސް ސަރުކާރުން ޤާނޫނުގައިވާ ގޮތަށް އެމީހުންނާއިމެދު ފިޔަވަޅުއަޅަން ފަސްޖެހިފައިވާ ވަގުތެއްގައެވެ. މަޑުކަށި ފިކުރަށް ފުރުޞަތު އިތުރުކުރަމުން ގެންދާ ވަގުތެއްގައެވެ. 

2008 ގައި އަމަލުކުރަން ފެށި ފެހި ޤާނޫނު އަށާސީގެ ދްރާފްޓްގައި ހިމަނާފައި ނުވަނީސް ދިވެހިރައްޔިތަކަށްވެވޭނީ މުސްލިމަކަށްވެގެން ކަމަށާއި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް ޤާނޫނު އަސާސީގައި ހިމަނާފައިވަނީ ޤާނޫނު އަސާސީ ފާސްކުރި ރައްޔިތުންގެ ޚާއްބަ މަޖިލީހުގެ ރިޔާސަތުގައި ޤާސިމް އިބްރާހީމް އިންނަވައިގެން އެމަނިކުފާނުގެ ޙިކުމަތުޢަމަލީ ބޭނުންކުރައްވައިގެންނެވެ. 

ދިވެހި ސަރުކާރު އެޤަުމަކަސް ބަރޯސާވުމުގައި އިންތައް މިހާރު ފަހަނައަޅާފައިވާ އިންޑިއާ ރައްޔިތަކު ވަނީ މީގެ 2 ރޭ ކުރިން ވެރިރަށް ފުރަމާލޭ މަގުމަތީގައި އިސްލާމް ދީނަށް ގޮންޖަހައި މަލާމާތްކޮށް ފުރައްސާރަކޮށްފައެވެ. އަދި ޖެހިގެން އައި ދުވަހު އޭނާއަށްވަނީ ޢިއްޒަތް ލިބި މިނިވަންވެސް ވެފައެވެ. 

އިންޑިއާގައި ގެރިއަކަސް ގޯނާކުރަން އުޅޭކަމަސް ތުހުމަތުކުރެވުނު ނަމަވެސް މުސްލިމުން ގެންދަނީ މަރަމުންނެވެ. އެހެންކަމަށްވާއިއރު ހިންދޫން އަޅުކަނކަންކުރާ ބަގުވާނަކަށް އިހާނެތި ބަހެއް ބުނެފިނަމަ ކަންކަން ވާނެ ގޮތް މިދަނީ ކޮންމެ ދުވަހަކު އިޙްޞާބްކުރެވެމުންނެވެ. 

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
33%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް