އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ފުރުވާވަރަކަށް މަގުތަކަށް ބާރުބޮޑުވެ މިސްކިތްތަކަށް ދަތިތައް ކުރިމަތިވަނީ!

ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ފުރުވާވަރަކަށް މަގުތަކަށް ބާރުބޮޑުވެ މިސްކިތްތަކަށް ދަތިތައް ކުރިމަތިވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު 400 ވަރަކަށް މީހުން ފުރުވައިލާ ކަމުގެ ޚަބަރުތައް ލިބެމުން ގޮސް މިހާރު 10000 މީހުން ފުރުވައިލެވުމާއި ގާތްވެފައިވީނަމަވެސް މަޖީދީމަގުގައި ފުނިޖެހިފައިތިބެ މަސައްކަތް ހޯދާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. 

ކުރިން ޛިކުރާ މިސްކިތް ސަރަހައްދުގައި އެކަނި ތިބި ނަމަވެސް އެމީހުން ނުތިބޭ ސަރަހައްދެއް މަދުކަން ފާހަގަކުރެވެއެވެ. ހަމަ އެއާއިއެކު މިސްކިތްތަކުގެ ފާޚާނާތަކުން ފެންވަރައިގެން ދިރިއުޅޭ މީހުންގެ ސަބަބުން ނަމާދަށްދާ މީހުންނަށް އަންނަނީ ދަތިތައް އިތުރުވަމުންނެވެ. 

މިއަދުގެ ޢަޞްރުވަގުތު ވިޔަފާރިވެރިންގެ މިސްކިތުގެ ފާޚާނާ ބަންދުވެ ގިނައިރުވާތީ ޓަކިޖަހަން ފެށީމަ ދޮރުހުޅުވާފަ ބުނީ "ފެންވަރަން ޖެހޭނެނު. ނިދާނެތަނެއް ނެތް! ފެންވަރާނެ ތަނެއް ނެތް" ކަމަށެވެ. 

ފެނިގެން މިދަނީ އިކޮނޮމިކް މިނިސްޓްރީން ބަލަހައްޓަން ޖެހޭ ބައަކު ބަލަހައްޓަން އިސްލާމިކް މިނިސްޓްރީގެ ބަޖެޓުން ޚަރަދުކުރެވޭތަނެވެ. އުނދަގޫވަމުން މިދަނީ ނަމާދަށްދާ މީހުންނަށެވެ. ފުރުވާ މީހުންގެ އަދަދު ވަނީ އިތުރެވެ! މިކަން މިވަނީ އަރަތަކަށެވެ! ނޭނގެނީ ފުރުވަނީ ކޮންބައެއް ކަމެވެ!

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
11%
ރަނގަޅު
22%
އޯކޭ
46%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް