އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭ ރައްޔިތުން ގޯތިހޯދުން: އެމްޑީޕީގެ އެންމެ ގިނަދުވަސްވީ ވަފާދާރުވެރިންނާ މިހާރުގެ ހިންގުންތެރިންނާ ޖެހި، ތަގުޅި އެޅި ގުޑާލެވެން ނެތް ހިސާބަށް ތާށިވެއްޖެ!

މާލޭ ރައްޔިތުން ގޯތިހޯދުން: އެމްޑީޕީގެ އެންމެ ގިނަދުވަސްވީ ވަފާދާރުވެރިންނާ މިހާރުގެ ހިންގުންތެރިންނާ ޖެހި، ތަގުޅި އެޅި ގުޑާލެވެން ނެތް ހިސާބަށް ތާށިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

މާލޭ ރައްޔިތުންނަށް މާލޭ ސަރަޙައްދުން ގޯތި ނުދޭން ނިންމުމާ ހަމައިން އުފެދުނު ޚިޔާލް ތަފާތުވުންތަކަށް ނިމުމެއް ނެތި، ޕާޓީގެ އެންމެ ގިނަދުވަސްވީ ވަފާދާރުވެރިންނާ ޕާޓީގެ މިހާރުގެ ހިންގުންތެރިންނާ ޖެހި ތަގުޅި އެޅި ގުޑާލެވެން ނެތް ހިސާބަށް ތާށިވެއްޖެއެވެ.

އެމް. ޑީ. ޕީގެ ވެރިން މާލޭ ރައްޔިތުންނަށް މާލޭ ސަރަޙައްދުން ގޯތި ނުދޭން ނިންމުމާ ހަމައިން އުފެދުނު ޚިޔާލް ތަަފާތުވުންތަކަށް ނިމުމެއް ނެތި، ޕާޓީގެ އެންމެ ގިނަދުވަސްވީ ވަފާދާރުވެރިންނާ ޕާޓީގެ މިހާރުގެ ހިންގުންތެރިންނާ ޖެހި ތަގުޅި އެޅި ގުޑާލެވެން ނެތް ހިސާބަށް ތާށިވަމުންދާ މަންްޒަރު ކޮންމެ ދުވަހަކު ފެންނަމުން ދެއެވެ.  މުޙައްމަދު ޒާހިރު (އޯކޭ ޒާހިރު) އަކީ އެމް.ޑީ.ޕީ އުފެއްދުމުގަ އާއި އެޕާޓީ އެންމެ ނިކަމެތި ދުވަސްވަރު އަމިއްލަ މިލްކިއްޔާތު ޕާޓީއަށްޓަކާ ހުސްކޮށްލި ޕާޓީގެ ލޯޔަލިސްޓް އެކެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އެޖެންޑާ 19 އާއި ރިޔާސީ އިންތިޚާބްގަ ރަޢީސް ނަޝީދު އާ އެމް.ޑީ.ޕީގެ ވެރިން ވީ ވަޢުދު ތައް ނުފުއްދާނެކަން އެމް.ޑީ.ޕީ އިން އެކި ގޮތްގޮތުން ހާމަ ކުރުމަށްފަހު މާލޭ ސަރަޙައްދުން ގޯތި ދެވެން އޮތް ހަމައެކަނި "އެއްފަސް ފަޅު"،  ވިޔަފާރި ބޭނުމަށް ކަމަށް ބުނެ ތިލަފުށީގަ އަޅަން ކުރިން ކޮންސަލްޓަންސީ ހަދާ ނިންމާފަ އޮތް ގުޅިފަޅު ހިމަނައިގެން ތިލަފުއްޓާއެކު ޕޯރޓް ހެދުމުގެ ޑްރާފްޓް ޕްލޭން އެއް އެކުލަވާލާ ހުޅުމާލެ އަކީ އެމް.ޑީ.ޕީ ސަރުކާރުން ރިއަލް އެސްޓޭޓް ވިޔަފާރި ހިންގާނެ ތަނެއްކަމާ ތިލަފުށި، ގުޅިފަލު ގަ މީހުން ދިރިނޫޅޭނެ ކަމަށް އެމް.ޑީ.ޕީގެ ޕްލޭނިންގް މިނިސްޓަރ ލައްވާ ޢިއުލާން ކުރެއްވުމާއި އެކު މާލޭސިޓީ ރައްޔިތުންނަށް މި ސަރަޙައްދުން ގޯތި ދެވެން އޮތް ހުރިހާ ތަނެއް ނަފީކުރެވިގެން ދިޔަތަން ފެނިގެން ދިޔައެެވެ.

މި ހިސާބަށް ކަންތައް ދިއުމާއިއެކު އެމް. ޑީ. ޕީގެ ޢާންމު މެންބަރުގެ އެތައް ހާސް ބަޔަކު މި އަނިޔާ އާ ދެކޮޅަށް ބަސްބުނަން ފެށިތަން ފެނުނެވެ. ޚާއްޟަކޮށް މާލޭ ސިޓީގެ އެންމެން ކަހަލަ ގޮތަކަށް މި ނިންމުމާ ދެކޮޅު ހަދަމުންދާތަން ފެނެއެވެ. މިކަމާގުޅިގެން ޚިޔާލް ތަފާތުވުންތަކެއް އުފެދި އޯކޭ ޒާހިރު ރަޢީސް ނަޝީދު އަށް ފޮނުވި ސިޓީ ކޮޕީ ހިމަނާލަމެވެ.  

- މާލޭ ރައްޔިތުން ގޯތިހޯދުން/ ވަޠަނީ ޙަރަކާތް

އޯކޭޒާހިރު ރައީސް މުޙައްމަދު ނަޝީދަށް ފޮނުވި ސިޓީ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


30%
ވ.ރަނގަޅު
10%
ރަނގަޅު
45%
އޯކޭ
15%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް