އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނިބިދަރިންނަށް ނުބައިބަސްތައް ބުނެގެން އިޞްލާޙެއް ނުކުރެވޭނެ! ލިބޭނީ އެއަށްވުރެ ނުބައި ޢަމަލުކުރުމަށް ހިތްވަރު!: މުފްތީ މެންކް

އަނިބިދަރިންނަށް ނުބައިބަސްތައް ބުނެގެން އިޞްލާޙެއް ނުކުރެވޭނެ! ލިބޭނީ އެއަށްވުރެ ނުބައި ޢަމަލުކުރުމަށް ހިތްވަރު!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ދަރިއަކަށްވެސް ކިތަންމެ ބޮޑު ކުށެއްވެސް ކުރެވިދާނެއެވެ. ނަމަވެސް އެކަމާއި ގުޅިގެން ނުބައި ބަސްތައް ބުނެ ކުއްޖާގެ ހިތްހަލާކުނުކުރާށެވެ! ކުދިންނަށް ދުލުން ނުބައިބަސްތައް ބުނުމަކީ އެކުދިން ދުނިޔެއާއިމެދު، އެކުދިންގެ މުސްތަޤްބަލާއިމެދު ކުރާ އުންމީދުތައް ގެއްލިގެންދާކަމެވެ. އެކަން ޔަޤީންކުރެވެނީ ތަޅައި އަނިޔާ ނުކުރިނަމަވެސް ކުދިންނަށް ނިޞްބަތްކޮށް ބުނެވޭ ނުބައި ބަސްތަކުގެ ސަބަބުން ކުދިންނަށް ލިބޭ މާޔޫސްކަމުގެ ތެރެއިން އަމިއްލައަށް މަރުވުން ފަދަ ކަންކަންވެސް މެދުވެރިވާތީއެވެ. 

ހަމައެއާއިއެކު ކުދިންނަށް ނުބައި ބަސްތައް ބުނުމުން އެކުދިންގެ އުޅުން މުޅިން އެހެންގޮތަކަށް ބަދަލުވެގެން އެބަދެއެވެ. މިސާލަކަށް ތިއައީ ވަރަށް ގޮޮތްކުޑަކުއްޖެއް ކަމަށް ބުނުމުން އެކަން އެގޮތަށް އެކަން ޤަބޫލުކުރެވި ގޮތްކުޑަ އަމަލުތައް ކުރަން ކުދިން އެބަ ޝައުޤުވެރިވެއެވެ. އެއީ ކުއްޖާއަށް ތިމަންނާއަކީ ގޮތްކުޑަ ކުއްޖެއްކަމަށް މައިންބަފައިން ބުނި ބުނުމަށްބުރެވެ އެކަން ސިކުނޑީގައި ހަރުލުމުންނެވެ. 

ތިއައީ ގޮތް ކުޑަ ނުބައި ނުލަފާ ކުއްޖެއް ކަމަށް ނުބުނާށެވެ! މީސްތަކުންގެ ކުރިމަތީގައި ނުވަތަ އެއްވެސް މީހެއްގެ ކުރިމަތީގައި ދަރިން ލަދުނުގަންނަވާށެވެ. އެގޮތަށް އެކަން ކުރާނަމަ ކުދިންގެ ލަދުޙަޔާތް ކެނޑުން ނޫން ކަމެއް ނުވާނެއެވެ! އެއިރުން ހުރިހާ ކަމަކަށް ބިރުކެނޑިގެން ހިނގައިދާނެއެވެ. އެއްވެސް ކަމެއް ކުރަން ޖެހިލުން ނުވާ ހިސާބަށް ކުއްޖާގެ ވިސްނުން ހިނގައިދާނެއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޙަޔާތުގެ ބައިވެރިޔާއަށްވެސް އަދި ޢާއިލާގެ މީހަކަށްނަމަވެސް ހަމަ އެއްވެސް މީހަކަށް ނުބައިބަސްތައް ނުބުނާށެވެ! ލަދު ނުގަންނަވާށެވެ! އެފަދަ ކަންކަން ކުރުމުން މުސްތަޤްބަލުގައި އެމީހުންގެ ކިބައިން ފެންނާނީ ނިޞްބަތްކުރި ނުބައި ސިފަތަކެވެ. މިއީ މުޅި ދުނިޔެ ތަޖުރިބާކުރަމުން ގެންދާ ކަންކަމެވެ. ވީމާ ހޭލުންތެރިވާށެވެ! 

ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ނުބައި ބަސްތައް ބުނުން މުސްލިމުންނަށް ހުއްދައެއް ނޫނެވެ! މުސްލިމުންނަށް އޮތީ ރިވެތިބަހުން މުޢާމަލާތުކުރުމެވެ. ނަޞޭޙަތްދިނުމެވެ. ދުލުން ނުބައިބަސްތައް ބުނާމީހާ ތިމާއަކީ ފުރިހަމަ މުސްލިމެއްކަމަށް ބުނަން ލަދުގަންނަންޖެހޭނެއެވެ. އަހަރެންގެ ނަޒަރުގައި އެފަދަ މީހުންނަކީ އެއްވެސް ވަރަކަށް ރަސޫލް (ޞޢވ)ގެ ސުންނަތަށް ޢަމަލުކުރާކަމެއް ނޫނެވެ. ސުންނަތަށް އަމަލުނުކުރާ މީހަކީ މިއުންމަތުގެތެރެއިންވާ މީހެއްކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


11%
ވ.ރަނގަޅު
11%
ރަނގަޅު
44%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް