އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބަންދުމީހުންނާ ބައްދަލުކުރުމުގެ ހުއްދަ ވަކީލުން ނަށް އަލުން ދީފި!

ބަންދުމީހުންނާ ބައްދަލުކުރުމުގެ ހުއްދަ ވަކީލުން ނަށް އަލުން ދީފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ބަންދުމީހުންނާ ބައްދަލުކުރުމުގެ ހުއްދަ ވަކީލުން ނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަލުން ދީފިއެވެ.

ކަރެކްޝަނުން ބުނެފައި ވަނީ ކޯވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި މެދުކަނޑާލާފައިވީ ނަމަވެސް ޤާނޫނީ ވަކީލުން ޖަލަށް ޒިޔާރަތްކޮށް، ޤައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރެވޭނެ އިންތިޒާމު މާދަމާއިން ފެށިގެން ފަށައި ހުއްދަ ދެވޭނެ ކަމަށެވެ

މީގެއިތުރުން މާފުށީ ޖަލަށާއި އައްސޭރި ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކުން އެޗް.ޕީ.އޭ އިން ނަގަންޖެހޭ ހުއްދަ ނަގަންޖެހޭނީ އެފަރާތަކުން އަމިއްލައަށް ކަމަށާއި ޖަލަށް ޒިޔާރަތްކުރުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށްވެސް ކަރެކްޝަނުން ވަނީ އެދިފައެވެ.

ކަރެކްޝަނުން ބުނެފައިވަނީ ވީޑިއޯ އަދި ފޯނު ކޯލް މެދުވެރިކޮށް، ހަމަޖައްސާފައިވާ އުސޫލާ އެއްގޮތަށް ޖަލުގައި ތިބި ފަރާތްތަކާ ޤާނޫނީ ވަކީލުން ބައްދަލުކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ކޮވިޑް-19 ގެ އެއްވެސް ކޭސްއެއް ޖަލަކުން ފެނިއްޖެނަމަ ޖަލަށް ޒިޔާރަތްކޮށްގެން ބާއްވާ ބައްދަލުވުންތައް މެދުކަނޑާލެވޭނެ ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު