އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުންފުނިތަކުން މަސް ގަންނަ އެންމެ ދަށް އަގަށް ސަރުކާރުން ބަދަލު ގެނެސްފި!

ކުންފުނިތަކުން މަސް ގަންނަ އެންމެ ދަށް އަގަށް ސަރުކާރުން ބަދަލު ގެނެސްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

މަސް ކުންފުނިތަކުން މަސްވެރިކަމުގައި ބާނާ މަސް ގަންނަ އެންމެ ދަށް އަގަށް ސަރުކާރުން ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަހަށް މަސް ކުންފުނިތަކުން ދެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިޒްއަށް ބަދަލުތަކެއް ގެނެސް މުރާޖައާ ކޮށްފައިވާ ކަމަށެވެ.

މަސް ގަތުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި 7 ރުފިޔާއަށް ގަންނަމުން ދިޔަ ކަޅުބިލަމަސް އަދި ރީނދޫ އުރަހަ ކަންނެލީގެ 1.5 ކިލޯ އަދި އެއަށްވުރެ ބަރު މަހުގެ ކިލޯއެއްގެ އެންމެ ދަށް އަގަކީ 13 ރުފިޔާކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި 1.5 ކިލޯއަށްވުރެ ދަށް ކަޅުބިލަ މަސް އަދި ރީނދޫ އުރަހަ ކަންނެލި ކިލޯއެއްގެ އެންމެ ދަށް އަގުގެ ގޮތުގައި ވަނި 5 ރުފިޔާ 15 ލާރިއަށް ބޮޑުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ކަޅުބިލަމަހުގެ ސިނާއަތް ތަރައްގިކޮށް ކުރިއެރުވުމުގެ ގޮތުން މަސްވެރިންގެއަތުން މަސް ގަނެ، ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމަށް އެމިނިސްޓްރީއާއެކު ސޮއިކޮށްފައިވާ ކުންފުނިތަކުން، އަދި އެމަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ހުއްދަ ދީފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން 24 ސެޕްޓެމްބަރުން ފެށިގެން މަސް ގަންނަންޖެހޭނީ ފްލޯ ޕްރައިޒް ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
25%
ރަނގަޅު
25%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު