އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުސައިން މުހަންމަދުއަކީ އަޅުގަނޑަށް ގެއްލިގެންދިއަ ވަރަށް މުހިންމު ރަހްމަތްތެރިއެއް: ގާސިމް އިބްރާހީމް

ހުސައިން މުހަންމަދުއަކީ އަޅުގަނޑަށް ގެއްލިގެންދިއަ ވަރަށް މުހިންމު ރަހްމަތްތެރިއެއް: ގާސިމް އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މަރްހޫމް ހުސައިން މުހަންމަދުގެ ވަކިވެދިއުމަކީ ގެއްލިގެންދިޔަ ވަރަށް މުހިންމު ރަހްމަތްތެރިއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވެފައިވަނީ، މަރްހޫމް ހުސައިން މުހަންމަދުގެ ޒިކުރާ އައުކުރުމުގެ ގޮތުން، ޖުމްހޫރީ ޕާޓީން އިންތިޒާމުކޮށްގެން ބުރާސްފަތި ދުވަހުގެރޭ ވާޗުއަލްކޮށް ބޭއްވި ތަޢުބީނުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވީ، މަރްހޫމް ހުސައިން މުހަންމަދުއަކީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެއީ، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި، ޖުމްހޫރީ ޕާޓީއަށްވެސް ގެއްލިގެންދިޔަ އަގުނުކުރެވޭވަރު ޚިދުމަތްތެރިއެއް ކަމަށް ވިދާޅުވިއެވެ.

"އެއީ، އަޅުގަނޑަށްވެސް ގެއްލިގެންދިޔަ ވަރަށް މުހިންމު ރަހްމަތްތެރިއެއް. ޒިންމާދާރު ބޭފުޅެއް. ވަރަށް ވަފާތެރި އިޚްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް. އަޅުގަނޑުމެންނަށް ގެއްލިގެން އެދިޔައީ ވަރަށްވެސް އަގުހުރި އަޅުގަނޑުމެންގެ އަޚެއް. ވަރަށް ގާތްކަމާއި ރަށްޓެރިކަމާއި އިޚްލާސްތެރި ރަހްމަތްތެރިކަން އަޅުގަނޑުމެންނާ އެކީގައި ބަހައްޓަވައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް" ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި، މަރްހޫމް ހުސައިން މުހަންމަދުއާއެކު ތައުލީމީ ދާއިރާގައާއި، އެކި މިސްޓްރީތަކުގައާއި، އަދި ނޫސް މީޑިއާގައާއި ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރެއްވި އެކިއެކި ބޭފުޅުން ޖުމްހޫރީ ޕާޓީން އިންތިޒާމުކުރި ތައުބީނުގެ ޖަލްސާގައި ބައިވެރިވެވަޑައިގެން، ހުސައިން މުހަންމަދުއާ ގުޅޭގޮތުން ފާޅުކުރެއްވި އިޚްލާސްތެރި ޝުއޫރުތަކަށްޓަކައި އެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ގާސިމް ވިދާޅުވީ، މީހަކު ދުނިޔެ ދޫކޮށްދިއުމުން ދެން ހުންނަނީ އެމީހެއްގެ ޒިކުރާކަމަށާއި، ޖުމްހޫރީ ޕާޓީން މަރްހޫމް ހުސައިން މުހަންމަދުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް އިންތިޒާމުކުރީ ހުސައިން މުހަންމަދު މި ގައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަށް ކަމަށެވެ.

މިޖަލްސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހްއާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ގާސިމް އިބްރާހިމް، ރައީސަށާއި ނައިބް ރައީސަށް ޚާއްސަ ޝުކުރެއް އަދާކުރެއްވިއެވެ.

އަދި ވާޗުއަލްކޮށް މިފަދަ ބޮޑު ޖަލްސާ އިންތިޒާމު ކޮށްދެއްވި ކަމަށްޓަކައި އެކަމުގައި އުޅުނު ހުރިހާ ފަރާތަކަށްވެސް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި، މަރްހޫމް ހުސައިން މުހަންމަދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން އަދި ހުސައިން މުހަންމަދުގެ ފުރާނަފުޅަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުޢާ ދެންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އއ. މަތިވެރީދާއިރާގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ހުސައިން މުހަންމަދު އަވަހާރަވެފައިވަނީ މި ސެޕްޓެމްބަރުމަހުގެ 3 ވީ ބުރަސްފަތި ދުވަހުރޭ ދަންވަރުގެ ވަގުތެއްގައެވެ.

އަވަހާރަވިއިރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަމުގައެވެ.

 

- ސައިފް އަޒްހަރު/ވީނިޔުސް

https://vnews.mv/124025

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
33%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މިއަދު