އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަމާއަތުގަ ނަމާދުކުރުން އެޗްޕީއޭއިން ހައިރިސްކް ކަމަކަށް ހެދުމުން ޑރ. އިޔާޟްގެ ސުވާލުތަކެއް އެޗްޕީއޭއަށް!

ޖަމާއަތުގަ ނަމާދުކުރުން އެޗްޕީއޭއިން ހައިރިސްކް ކަމަކަށް ހެދުމުން ޑރ. އިޔާޟްގެ ސުވާލުތަކެއް އެޗްޕީއޭއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ޖަމާއަތުގަ ނަމާދުކުރުން އެއި ހައިރިސްކް ކަމެއްގެ ގޮތުގައި ނިންމެވިއިރު ޖަމާއަތަށް ނަމާދަށް ގޮސްގެން އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާތޯ؟- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މީގެ އިތުރުންވެސް ޑރ. އިޔާޟް ވަނީ ބައެއް ސުވާލުތައް އޗްޕީއޭ ޢާއި ކުރައްވައިފައެވެ! 

އެހެންކަމަށްވާނަމަ އެއީ ކިތައް މީހުންތޯ؟

އެކުގަ ސައިކަލް ދުއްވާއިރު ވައިރަސް ނާރަނީތޯ؟ 

ކޮފީ މޭޒުތަކުގައި އެތައް ވަގުތެއް ހޭދަކުރާއިރުވެސް ނާރަނީތޯ؟ 

އެތައްސަތޭކަ ބައަކު ޖެހިޖެހިގެން ތިބެ ކިޔޫހަދައި އެތައް ގަޑިއިރަކު ތިބޭއިރުވެސް ހަމަ ވައިރަސް ނާރަނީތޯ؟ 

"ހއ. އިހަވަންދޫގައި ކަރަންޓީނު ކޮށްފައި ތިބެންޖެހޭ ބަޔަކު އެޗްޕީއޭއިން ކަރަންޓީނު ކުރުމަށްފަހު ދޭ ލިޔުން ނުދޭކަމަށް ބުނެ ބޭރަށް ނުކުމެ އުޅެމުންދާތީވެ އެ ރަށުގެ އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ." މިކަންކަން މިވަނީ ކިހިނެއްތޯ؟ ހަމަ ރިސްކެއް ނެތީތޯ؟ ދުވާލަކު ހިނގަނީ މިފަދަ ކަންތައްތޯ؟ 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
26%
ރަނގަޅު
33%
އޯކޭ
20%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް