އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަރުޢީ ޢުޛްރެއް މެދުވެރިވެގެން މިދުވަސްތަކުގަ ރޯދަ ނުހިފުނު މީހުންނަށް ރޯދަ ހިފުމަކާއި ނުލައި ޘަވާބު ދެއްވަވާނެ! އުފާކުރޭ!: ޑރ. އިޔާޟް

ޝަރުޢީ ޢުޛްރެއް މެދުވެރިވެގެން މިދުވަސްތަކުގަ ރޯދަ ނުހިފުނު މީހުންނަށް ރޯދަ ހިފުމަކާއި ނުލައި ޘަވާބު ދެއްވަވާނެ! އުފާކުރޭ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

"އަޅުގަނޑު މިއަދު ހުރީ ރޯދައަށެވެ! ރޯދައަށް ހުއްޓައި އަޅުގަނޑު ޙައިޟުވީއެވެ! މި 9 ދުވަހު ރޯދަ ނުވެސް ހިފިދާނެއެވެ! އަޅުގަނޑަށް އޮތީ ކޮންގޮތެއްތޯއެވެ؟"

ޖަވާބު: 

"ހަމަ އެއްވެސް ވަރަކަށް ދެރަނުވާށެވެ! ތިބާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ހުރީ ރޯދައަށްކަން ވެސް ދެނެވޮޑިގެންވެއެވެ. އަދި ރޯދަ ދޫކޮށްލަން ޖެހުމުން ރޯދަ ދޫކޮށްލީވެސް ﷲ ތަޢާލާއަށްޓަކައެވެ! އެކަމުގައި ޢަމަލުކުރަން ﷲ ތަޢާލާ އެންގެވި ގޮތަށް ޢަމަލުކުރުމަށެވެ.

ވީމާ އެއްވެސް ވަރަކަށް ދެރަނުވާށެވެ! އުފާކުރާށެވެ! މީރުކޮށް ކާލައިގެން ހުންނާށެވެ! ތިބާ ރޯދަ ހިފިކަމުގެ ޘަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ! އަދި ޙައިޟުވެރިޔާއަށް ކުރުން ހުއްދަ އަޅުކަންކުރަމުން ގެންދާށެވެ! ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާށެވެ. އަދި މިދުވަސްތަކުން އެންމެ ދުވަހެއް ލިބުނު ނަމަވެސް ރޯދަހިފާށެވެ!"

ޖަވާބު ދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟްގެ މިޖަވާބުން އެނގިގެންދަނީ މި ދުވަސްތަކުގައި ރޯދަހިފަން ނިޔަތްގަނެގެންހުރި އަންހެނަކު މިދުވަސްތަކުގެ ކުރިން ޙައިޟުވެފައި ޙައިޟުން ރަނގަޅު ނުވުމުގެ ސަބުންވެސް ރޯދަ ނުހިފި ހުރިނަމަ އެމީހަކަށް އެކަމަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެކަމެވެ. އަދި ކުރީގެ ދުވަސްތަކުގައި ރޯދަ ނުހިފުނީތީ ކަންބޮޑުނުވެ ރަނގަޅުވުމުން އަވަހަށް ރޯދަހިފަން ފަށަންވީކަމެވެ. والله أعلم.

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
20%
ރަނގަޅު
16%
އޯކޭ
43%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް