އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދޮގު މައުލޫމާތު ފެތުރުން ހުއްޓުވޭނީ ވަގުތުން ތެދު މައުޅުމާތު ފުލުހުން ހާމަކުރުމުން!: ރައީސް ޞާލިޙް

ދޮގު މައުލޫމާތު ފެތުރުން ހުއްޓުވޭނީ ވަގުތުން ތެދު މައުޅުމާތު ފުލުހުން ހާމަކުރުމުން!: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ހިނގަމުންދާ އެކިއެކި ކަންކަމާއި ގުޅިގެން ވަރަށް ގިނަ ދޮގު މައުލޫމާތުތައް ފެތުރެމުން އެބަދާ ކަމަށާއި އެކަން ހުއްޓުވޭނީ އެކަމުގެ ވަގުތުގައި ފުލުހުން ތެދު މައުލޫމާތު ހާމަކުރުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މިޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

ފުލުހުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މިޙައްމަދު ޞާލިޙްމިރޭ ދެއްކެވި ވާހަކަފުޅުން:  

ފުލުހުންނަށް ހުށަހެޅޭ ޙައްސާސީ މައްސަލަތަކުގެ ތެދު މަޢުލޫމާތު، އޭގެ ވަގުތުގައި ރައްޔިތުންނާ ޙިއްޞާ ކުރުން މިވަނީ އިތުރަށް މިއަދު މުހިއްމުވެފައި. އެނގިވަޑައިގަންނަވާނެ، ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މިހާރު އެއްވެސް ހުރަހެއް ނެތް. ބައެއް މީޑިއާތަކުން ބައެއް ފަހަރު މަޢުލޫމާތު ހާމަކުރާގޮތުން ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް ވަރަށް ބޮޑަށް އޮޅިގެން އެބަދޭ. 

އެކަން އެގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެފަދަ މައްސަލަތަކުގެ ތެދު މަޢުލޫމާތު، ރައްޔިތުންނަށް އެނގެން ބޭނުންވާ ވަގުތުގައި ހާމަ ނުކުރެވުން. އެހެންވީމާ، މިކަމުގައި އެންމެ މަޞްލަޙަތު ހުރި ގޮތަކީ، މިދެންނެވިފަދަ ޙައްސާސް މައްސަލަތަކުގެ ޙަޤީޤަތް، ވީހާވެސް އަވަހަކަށް، ރައްޔިތުންނަށް ހާމަކުރުން. އެކަން އެގޮތަށް ނުކުރާނަމަ، އޭގެ ބަދުނާމު އެޅިގެން މިދަނީ، ދިވެހި ފުލުހުންނާއި ސަރުކާރުގެ ބޮލުގައި. 

އަޅުގަނޑު ހިތުން، މިފަދަ ބަދުނާމެއް ބޮލުގައި އެޅޭކަށް، އެންމެ ފުލުހަކުވެސް ބޭނުމެއް ނުވާނެ. އަޅުގަނޑަށް އެނގޭ، މިފަދަ ކަންކަން އިޞްލާޙްކުރަން، ފުލުހުންގެ ތެރެއިންވެސް މަސައްކަތް ކުރަމުން އަންނަކަން. މާތް اللهُ سُبْحَانَهُ وَتَعَالَىގެ މަދަދާއި ވާގިފުޅާއެކު، އަޅުގަނޑުމެން އެކުގައި މިކުރާ މަސައްކަތް ކާމިޔާބުވާނެ.އޭރުން ތިޔަބޭފުޅުންގެ ޤައުމީ ޚިދުމަތް މިހާރަށްވުރެވެސް ފުޅާ ގޮތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބެމުންދާނެކަން އަޅުގަނޑަށް ޔަޤީން.

ދިވެހި ފުލުހުން ތިޔަ ކުރައްވާ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ޤައުމަށް ވަފާތެރި ތެދުވެރި ބައެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ހެޔޮ ތައުފީޤު، ދިވެހި ފުލުހުންނަށް ދެއްވުން އެދި ދުޢާ ކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް