އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިހާރަ ހުޅުވާ ޚިދުމަތްދޭން ހުއްދަ ހޯދަން ދާންވީ ތަނެއް ނުއެނގި ވިޔަފާރިވެރިން ގޮތް ހުސްވެފަ!

ފިހާރަ ހުޅުވާ ޚިދުމަތްދޭން ހުއްދަ ހޯދަން ދާންވީ ތަނެއް ނުއެނގި ވިޔަފާރިވެރިން ގޮތް ހުސްވެފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

ލޮކްޑައުންގެ ޙާލަތާއި ގުޅިގެން ފިހާރަތައް ހުޅުވަން ހުއްދަ ދިން ނަމަވެސް ފިހާރަ ހުޅުވައި ޚިދުމަތްދޭން ހުއްދަ ހޯދަން ދާންވީ ތަނެއް ނުއެނގި ބައެއް ވިޔަފާރިވެރިން ގޮތް ހުސްވެފައި އެބަ ތިބި ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މިއަދުނޫހަށް މައުލޫމާތުދިން ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ ސިޓީ ކައުންސިލުން ބުނަނީ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ފުލުހުން ބުނަނީ ހުށަހެޅުން ނުލިބޭ ކަމަށް ކަމަށެވެ. 

"މިހާރު 4، 5 ދުވަސްވީ ސިޓީ ކައުންސިލުން ފުލުހުންނަށް ފޮނުވާފައިވާނެ ކަމަށް ބުނާތާ. އެކަމަކު ފުލުހުން ބުނަނީ ނުލިބޭ ކަމަށް. އަޅުގަނޑުމެންނަކަށް ނޭނގެ މިހާރު ދާންވީތަނެއް! ގުޅަންވީ ތަނެއް! ވަރަށް ނިކަމެތި ޙާލުގަ މިތިބީ! ކުއްޔާ މުސާރަ ދޭން އެބަޖެހޭ! ކަސްޓަމަރުން ޚިދުމަތް ބޭނުންވޭ!" 

ސަރުކާރުން ހުއްދަ ދޭން ނިންމުމުން ހުއްދަ ނުލިބި ލަސްވެގެން ދިއުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށްވެސް ބުނެފައިވެއެވެ. 

އިތުރު މައުލޫމާތު ހޯދަން ސިޓީ ކައުންސިލާއި ގުޅަން ކުރި މަސައްކަތުން ވަނީ ގުޅޭނެ ގޮތެއް ނުވެފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


14%
ވ.ރަނގަޅު
14%
ރަނގަޅު
71%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް