އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސޯޝަލް މީޑިއާ ހުޅުވިފަ އޮތުމުން ޢާއިލީ ގުޅުން ލޮކްޑައުނެއް ނުވޭ! ރީތި ފޭރާންލައިގެން ތިބެ ތަހުނިޔާ ކިޔައި ހެޔޮ ދުޢާކުރަންވީ! ޑރ. ޝަހީމް

ސޯޝަލް މީޑިއާ ހުޅުވިފަ އޮތުމުން ޢާއިލީ ގުޅުން ލޮކްޑައުނެއް ނުވޭ! ރީތި ފޭރާންލައިގެން ތިބެ ތަހުނިޔާ ކިޔައި ހެޔޮ ދުޢާކުރަންވީ! ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު

ރޯދަ އާއި ވިދިގެން މިއަންނަ ޢީދަކީ އަޅުގަނޑުމެން ގިނަގިނައިން ތަކްބީރުކިޔަންޖެހޭ ޢީދެކެވެ. އެހެނީ ރޯދަ ފަރުޟު ކުރެއްވެވި އާޔަތްކާއި ވިދިގެން ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ

"އަދި ތިއަ ބައިމީހުން ﷲ ތަޢާލަށް ތަކްބީރުކިޔުމަށްޓަކައެވެ. ތިއަބައި މީހުން ގިނަގިނައިން ތިމަން ﷲ ހަނދުމަކުރާށެވެ! ތިމަން ﷲ އަށް ޝުކުރުވެރިވުމަށްތަކައެވެ." 

މީގެ އިތުރުން ޢީދު ދުވަސްކަމުގައި ވުމުން އަތުގައި އޮތް އަު ފޭރާމެއްވެސްލާށެވެ! ގޭގައި ތިބެގެން އެއްބައަކު އަނެއް ބައަކަށް ތަހުނިޔާ ކިޔާށެވެ! އަދި ތިމާ އާއި އަނެކާ ވެސް ކުރި ހެޔޮ އަމަލުތައް ޤަބޫލުފުޅު ކޮށްދެއްވެވުން އެދި ގިނަގިނައިން އެކަކު އަނެކަކަށް ދުޢާކުރާށެވެ! 

ލޮކްޑައުންވުމަކުން ޢާއިލީ ގުޅުންތައް ލޮކްޑައުނެއް ނުވެއެވެ! ސޯޝަލް މީޑިއާގެ ވަސީލަތްތައް ވަނީ ހުޅުވާލެވިފައެވެ. އެކަކު އަނެކަކަށް ގުޅައި ހެޔޮ ދުޢާކުރާށެވެ! ޢީދުގެ ޝިޢާރުތައް ފައުޅުކުރާށެވެ! މިޙާލަތުގައި ވެސް މުސްލިމުން މިތިބީ ސާބިތުކަމާއިއެކުގައިކަން މުޅި ދުނިޔެއަށް ދައްކައިދޭށެވެ! 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރުސަކުން

ދަރުސްގެ ވީޑިއޯ:

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
75%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް