އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިއަދުގެ ރެސިޕީ: ޗޮކްލެޓް މޫސް ކޭކް

މިއަދުގެ ރެސިޕީ: ޗޮކްލެޓް މޫސް ކޭކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ބޭނުންވާނެ ތަކެތި:

▪︎ 1 ލީޓަރު ކިރު (ފުލް ކްރީމް މިލްކް)

▪︎ 100 މިލިމީޓަރު ހެވީ ކްރީމް

▪︎ 50 ގްރާމް ކޮކޯ ޕައުޑަރ

▪︎ 50 ގްރާމް ސްޓާޗް (ނުވަތަ ޒުވާރި ފުށް)

▪︎ 150 ގްރާމް ހަކުރު

▪︎ 300 ގްރާމް ޑާކް ޗޮކޮލެޓް

ތައްޔާރު ކުރާނެ ގޮތް:

▪︎ އެންމެ ފުރަތަމަ ކިރު، ހެވީ ކްރީމް، ކޮކޯ ޕައުޑަރ، ސްޓާޗް އަދި ހަކުރު ބޯތައްޓެއްގައި އެއްކޮށް ގިރާލާށެވެ.

▪︎ ދެން ޓްރޭ އެއްގެ ތެރެއަށް ކުރިން އެއްކުރި ތަކެތި ފުރާނާލުމަށްފަހު، ޓްރޭ އުނދުންމައްޗަށްލާފައި މަޑު ގިނީގައި ކައްކާލަމުން އޭގެ ތެރެއަށް ޑާކް ޗޮކްލެޓްކޮޅު އަޅާލާށެވެ.

▪︎ ޑާކް ޗޮކްލެޓްކޮޅު އެއްކޮށް ވިރެންދެން ކައްކާލުމަށްފަހު އެހެން ޓްރޭއެއްގެ ތެރެއަށް އެއްކުރި ފުށްގަނޑު އޮއްސާލާށެވެ.

▪︎ ދެން ތައްޔާރު ކުރި ޗޮކްލެޓް ފުށްގަނޑު ހަތަރު ގަޑިއިރު ވަންދެން ފްރިޖަށްލުމަށްފަހު ނެގުމުން ޗޮކްލެޓް މޫސް ކޭކް ތައްޔާރު ކުރެވުނީއެވެ.

▪︎ ބޭނުންނަމަ ކޭކުގެ މައްޗަށް ކޮކޯ ޕައުޑަރ ނުވަތަ މައިލޯ ކޮޅެއް ވެސް އެޅިދާނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
16%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ