އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކޮރޯނާގެ ދަތިކަމާއިއެކުވެސް އައިއޭސީގެ "ލޯތްބާއިއެކު" ޙަރަކާތަށް ސައުވީސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދިވެހިން ހަދިޔާކޮށްފި

ކޮރޯނާގެ ދަތިކަމާއިއެކުވެސް އައިއޭސީގެ "ލޯތްބާއިއެކު" ޙަރަކާތަށް ސައުވީސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދިވެހިން ހަދިޔާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 28 ސިކުންތު

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރްޙީބެއް ލިބިއްޖެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފިއެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވެއެވެ. 

މިއަހަރުގެ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މި ކެމްޕޭނަށް ކަނޑައަޅާފައިވާ 6 ޤައުމަށް ރާއްޖޭގެ ނިސްބަތުން ބޮޑެތި އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދެވިފައިވެއެވެ. މި ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރުން މެލޭޝިއާއާއި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީނަށެވެ. އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ލޮތްބާއިއެކު 2020 ކެމްޕޭނުގައި ހިމެނޭ އެއް ބައި ކަމަށްވާ އިފްތާރު ޕެކޭޖުތައް ހަދިޔާކުރުމަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށް ދަނީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެެެ. އެހެންނަމަވެސް، ކާބޯތަކެތީގެ ޕެކޭޖްތަކަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށް ދާނެ ކަން އައިއޭސީއިން ހާމަކުރެއެވެ.  ލޮތްބާއިއެކު 2020 ކެމްޕޭން 6 ރޯދައިގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް އައިއޭސީއިން ނިންމާފައިވެއެވެ. 

މި ކެމްޕޭނުން އެހީ ލިބުނު ފަރާތްތަކުގެ ޝުކުރާއި ހެޔޮ ދުޢާ ކެމްޕޭނަށް އެކިގޮތްގޮތުން އެހީވެދެއްވި ފަރާތްތަކަށް އައިއޭސީއިން ވަނީ އުފާލާއެކު ރައްދުކޮށްދީފައެވެ. މީގެއިތުރުން މި ކެމްޕޭނުގެ ޒަރިއްޔާއިން އެހީ ލިބުނު ފަރާތްތަކުގެ ހިނިތުންވުމުން ލިބުނު އުފާވެރިކަމަކީ އަގުނުކުރެވޭ ވަރުގެކަމެއްގެ ގޮތުގައި އައިއޭސީއިން ސިފަކުރެއެވެ.

ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް މިހާތަނަށް ޖުމުލަ 3.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އައިއޭސީގެ މި ކެމްޕޭން ކުރިޔަށްގެންދިޔަ 6 ސަރަހައްދުގައި ހިމެނޭ 4 މީހުންނާއި 6 މީހުން ދިރިއުޅެމުންދާ 3985 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖް ވަނީ ހަދިޔާކޮށްދީފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އަންނަނީ ލޮތްބާއެކު 2020 ކެމްޕޭނުގެ ޑިސްޓްރިބިއުޝަންތަކުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އައިއޭސީގެ ފޭސްބުކް ޕޭޖު (https://www.facebook.com/IACMaldives/)ގައި ހިއްސާކުރަމުންނެވެ. އައިއޭސީގެ އެމެޖެންސީ ރިލީފް އެކައުންޓް ނަންބަރު ‎7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު ‎9122121 ގުޅޭނެއެވެ. ލޮތްބާއިއެކު 2020 ކެމްޕޭނުގެ ޒަރިއްޔާއިން، ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފަވެއެވެ. ނިކަމެތިންނަށް ކާބޯތަކެތި ހަދިޔާކުރުމުގެ އިތުރުން، ފިތްރު ޢީދުގެ މުނާސަބާތާއި ގުޅިގެން ހަރަކާތްތަކެއް ރާވަމުން އަންނަކަން އައިއޭސީއިން ހާމަކޮށްފައިވެއެވެ.  

ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރުން، އައިއޭސީއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


66%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް