އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ﷲ ގެ ރަހްމަތަށް އެދި މަންމައަށް ލިވަރ ހަދިޔާކުރުމުން ދެމައިންގެ ޙާލުވެސް ރަނގަޅު!

ﷲ ގެ ރަހްމަތަށް އެދި މަންމައަށް ލިވަރ ހަދިޔާކުރުމުން ދެމައިންގެ ޙާލުވެސް ރަނގަޅު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ލިވަރ ފޭލްވެ މައިމީހާ މަރުވެގެންދާތަން ދެކެން ހުންނަން ޒުވާން ޢަބްދުލްޢަޒީޒަށް ފަސޭހައެއް ނުވިއެވެ. އޭނާއަކީ އައިޓީ ދާއިރާއިން ކިޔަވަމުން އަންނަ ޒުވާނެކެވެ. ލިވަރ ހަދިޔާކުރުމުން މެދުވެރިވެދާނެ ކަންކަން ވެސް ޢަބްދުލްޢަޒީޒަށް ރަނގަޅަށް އެނގެއެވެ. 

ޢަބްދުލްޢަޒީޒް ވިސްނީ އެންމެ ކަމަކަށެވެ. އެއީ މީހެއްގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެއްޖެ މީހާއަށް މުޅި އުންމަތް ސަލާމަތްކުރަން އެހީތެރިވި ކަމުގެ ދަރަޖަ ލިބިގެންދާނެއިރު 9 މަހާއި 9 ދުވަސް އޭނާ އެބަނޑެއްގައި ހޭދަކުރި މައިމީހާ، އެއިގެ ފަހުން ގާތުން ކިރުދީ ހުރިހާ ތަކުލީފްތަކެއް އުފުލައިގެން ބަލައި ބޮޑުކުރި އަދި ބަލިވަންދެންވެސް އެހީތެރިވަމުން އައި މައިމީހާގެ ފުރާނަ ސަލާމަތްކުރަން އެހީތެރިވެއްޖެ ނަމަ އޭނާއަށް ﷲ ތަޢާލާ ދެއްވަވާނެ މަތިވެރި ދަރަޖައާއިމެދުގައެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އޮޕަރޭޝަނަށްފަހު މައިމީހާގެ ޙާލުވެސް އަދި ޢަބްދުލްޢަޒީޒްގެ ޙާލުވެސް އަންނަނީ ރަނގަޅުވަމުންނެވެ. ޢާއިލާ ނިޞްބަތްވަނީ ޕާކިސްތާނަށެވެ! 

"ކޮންމެ މީހަކުވެސް ކޮންމެކުއްޖަކުވެސް މަސައްކަތްކުރަންވީ ޢަބްދުލްޢަޒީޒް ފަދަ ދަރިއަކަށްވުމަށެވެ! މައިން ބަފައިން ދެކެ ލޯބިވާ ﷲ ތަޢާލާއަށް ކިޔަމަންތެރި، ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭ މީހަކަށް ވުމަށެވެ! ﷲ ތަޢާލާއަށް އީމާންވެ އަޅުކަންކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްގޮތުމަށްވުރެ މުހިންމު ކަމެއް ނެތެވެ."

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
26%
ރަނގަޅު
15%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް