އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހުން އަންގާ ގޮތަށް އަމަލުކުރީމާ ފުލުހުން ކުރަނީ ޖުރުމަނާ! ސްޕްރީމް ކޯޓުން ޙައްލު ހޯއްދަވައި ދެއްވާ!

މަޖިލީހުން އަންގާ ގޮތަށް އަމަލުކުރީމާ ފުލުހުން ކުރަނީ ޖުރުމަނާ! ސްޕްރީމް ކޯޓުން ޙައްލު ހޯއްދަވައި ދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

"ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ލައިވްކޮށް ރައްޔިތުންނަށް އިރުޝާދުދީ އަންގަމުން ގެންދަނީ ކަރަންޓީނުކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށާއި ޢާންމު ދިރިއުޅުމެއް އުޅެމުން ގެންދަންވީ ކަމަށް. އެއީ ވެސް ހަމަ ދައުލަތުގެ 3 ބާރުން އެއް ބާރު! އެ ބާރުގަ މަސައްކަތްކުރާ މީހުން އަދާކުރަންޖެހޭ ޒިންމާ ބޮޑުކަމުން ރައްޔިތުންގެ ފައިސާއިން އެންމެ ގިނަ ބައަކަށް އެންމެ ބޮޑު މުސާރަ ލިބެނީވެސް އެ މުއްއަސްސާގަ! 

މަޖިލީހުން އެގޮތަށް ތަކުރާރުކޮށް އެގޮތަށް އިރުޝާދު ދޭތީ އަޅުގަނޑު މީގެ 2 ދުވަސްކުރިން ގެއިން ނުކުތީ. ކޮންމެހެން އެޗްޕީއޭގެ އަމުރަކާ ޚިލާފުވާކަށްވެސް ނޫން. އެކަމަކު އަޅުގަނޑަށް ޖެހުނީ އެތައް ގަޑިއިރަކު ބަންދުގަ ހުންނަން. ޖުރުމަނާވެސް ދައްކަން. 

ސުވާލަކީ މިހާރު މިރާއްޖޭގަ އުޅެންވީ 3 ބާރުންކުރެ ކޮން ބާރަކުން އަންގާ ގޮތަށްތޯއޭ؟ 3 ބާރު އޮތް އިރު އެއް ބާރުން އަނެއް ބާރަށް ދައްކާ ވާހަކަ ދިމައެއް ނުވެއޭ! ޚާއްޞަކޮށް ކޮރޯނާ ވައިރަސް މައްސަލައިގަ މަޖިލީހުން ދޭ އިރުޝާދާ އެޗްޕީއޭގެ އިރުޝާދާ ފެށުނީންސުރެ ދިމައެއް ނުވެއޭ! 

އަޅުގަނޑަށް ހީވަނީ ރައްޔިތުންގެ މަޖިލީހުހުގެ ލައިވްކޮށް ބާއްވާ ޖަލްސާތަކުގަ ރައްޔިތުންނަށް މަގުމައްޗަށް ނުކުތުމަށާ ރަށްތައް ކަރަންޓީނުކުރުމުގެ ބޭނުމެއް ނެތްކަމަށް އަންގާއިރު އެކަންކުރާ ބައަކު ޖުރުމަނާ ނުކޮށް، އެބައަކަށް ފިޔަވަޅު ނާޅައި ރައްޔިތުންނަށް ފިޔަވަޅު އަޅައިގެން ނުވާނެހެން. ޖުރުމަނާކޮށް ފައިސާ އަތުލައިގެން ނުވާނެހެން! 

ދައުލަތުގެ 2 ބާރުގެ ވިސްނުން ތަފާތުވީމާ 3 ވަނަ ބާރު، ސްޕްރީމް ކޯޓުން މިކަމުގަ ޙުކުމެއް ކުރަން ޖެހިފައިވާ ކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަން! މިއީ އަޅުގަނޑުގެ ޚިޔާލު!"

މިއީ މާލެ ލޮކްޑައުންގެ ޙާލަތުގައި ވަނިކޮށް ބޭރަށް ނުކުތުމުން ޖުރުމަނާކުރި މީހަކު ޙިއްޞާކުރި މައުލޫމާތެވެ!

އާރޓިކަލް ރޭޓްކުރައްވާ


7%
ވ.ރަނގަޅު
0%
ރަނގަޅު
23%
އޯކޭ
69%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް