އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޙްލޫފް އުޅުއްވީ "ސާމަލުކަން ހޯދަން" ކަމަށް ބުނުމުން ފިލްމުކުޅޭ މުއާ ހޫނުފެނަށް!

މަޙްލޫފް އުޅުއްވީ "ސާމަލުކަން ހޯދަން" ކަމަށް ބުނުމުން ފިލްމުކުޅޭ މުއާ ހޫނުފެނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 13 ސިކުންތު

މާލޭގެ ގެތަކަށް މުދާ ޑެލިވަރ ކޮށްދޭން ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފު އިއްޔެ ނިކުންމެވުމުން، ފިލްމުކުޅޭ އަބްދުﷲ މުއާޒް (މުއާ) އެކަމަށް ވަނީ ފާޑު ކިޔާފައެވެ.

މުއާގެ އަމިއްލަ ފޭސްބުކް އެކައުންޓުގައި އޭނާ ލިޔެފައިވަނީ "ކޮންމެހެން ނުޖެހޭ މިނިސްޓަރ އަހްމަދު މަހްލޫފް ސަމާލުކަން ހޯދަން ޑެލިވަރީ ކުރަން ނިކުންނާކަށް. ތިހެންވީމަ އާއްމު ރައްޔިތުން ބަވަނީ. މީހުންގެ ސަމާލުކަން ހޯދަން އުޅުނަސް ބޮޑުވަރު" މިފަދައިންނެވެ.

މުއާގެ އެސްޓޭޓަސްގެ ސަބަބުން އެތައް ބަޔަކުވަނީ އޭނާއަށް ސަމާލުކަން ދޭން ފަށާފައެވެ. ނަމަވެސް ތައުރީފު ކުރުމުގެ ބަދަލުގައި ގިނަ މީހުން ހުރީ އޭނާއަށް ނުރުހުންފާޅުކޮށް، މުއާ ހޫނުފެނަށް ވައްޓާލާފައެވެ.

އެގޮތުން މީގެ ދުވަސްކޮޅެއް ކުރިން، ގޭގައި ކަރަންޓީނު ވެގެން ތިބިއިރު، މުއާ އޭނާގެ އަންހެނުން މަރިޔަމް އައްޒަ އަށް ކާންދޭން ކެއްކި "ކުކުޅު ގަރުދިޔަ" ތެއްޔަށް ވެސް މީހުންވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ބައެއް މީހުން މުއާ ގާތު ބުނެފައިވަނީ "ކުކުޅު ގަރުދިޔަ ބޯންދީގެން މުއާ ގޭގައި ފަރުދީޒިއްމާ އަދާކުރަން" އޮތުމަށެވެ. 

އެހެން ބަޔަކުވަނީ، މުއާ އާއި އައްޒަ ހަނީމޫނަށް ގޮސް ނެގި ފޮޓޯއެއް ވެސް އާއްމުކޮށް އެއީވެސް "ފަރުދީ ޒިއްމާއަދާކުރުމާއި ސަމާލުކަން ހޯދަން ނޫޅުން ދޯ" އޭ ބުނެފައެވެ. އެފޮޓޯއިން ފެންނަނީ މުއާ ހުސްގަޔާ ބަންޑުން އެނދުމަތީގައި އޮތްއިރު އައްޒަ އޭނަގެ ބުރަކަށިމަތީގައި އޮންތަނެވެ. އައްޒަ ވެސް އެދުވަހު އޮތީ ބަރަހަނާކޮށް ކަމަށް ބައެއް މީހުން ބުނިނަމަވެެސް އޭގެ އަސްލު ހަގީގަތެއް އެނގިފައެއް ނުވެއެވެ.

މާލޭގައި ކޯވިޑް-19 ފެތުރުމާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާއިރު، ގޭގެއަށް ބޭނުންވާ މުދާ ޑެލިވަރ ކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން މިނިސްޓަރ މަޙްލޫފްވަނީ ޓީމަކާއިއެކު ހަރަކާތްތެރިވެފައެވެ. 

ގޭގެއަށް ތަކެތި ޑެލިވަރ ކޮށްދެމުން މިނިސްޓަރ މަޙްލޫފް ފޮޓޯ ނަގަމުން ދިޔުމުން، ބައެއް އާއްމު ރައްޔިތުން ވެސް ވަނީ އެކަމާއި ފާޑު ކިޔާފައެވެ. ނަމަވެސް ހަމަ އެފަދައިން މުއާ ވެސް ބުނުމުން، އޭނާއާއި މީހުން ވަނީ ވަރަށް ބޮޑަށް ދިމާކޮށްފައެވެ. މިއީ މީހުންގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ މީހަކު މިހެން ބުނުމުން ލިބުނު ނަތީޖާއެއް ކަމަށް ވެސް ވެދާނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


14%
ވ.ރަނގަޅު
10%
ރަނގަޅު
23%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މޫސާ ވަހީދު