އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭނަ ބުނި, މީނަ ބުނި... ތީނަ ކައިރީ ކާކު ކީކޭ ބުނި؟

އޭނަ ބުނި, މީނަ ބުނި... ތީނަ ކައިރީ ކާކު ކީކޭ ބުނި؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މިދުވަސްކޮޅު ކޮންމެ މީހަކުވެސް އެންމެ ގަދަޔަށް ދައްކާ އެއް ވާހަކައަކީ ކޯވިޑް-19 ގެ ބިރުވެރިކަމުގެ ވާހަކައެވެ. 

އިއްޔެ މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހާގެ ވާހަކައާއެކި މިބިރުވެރިކަން އިތުރުވެފައިވާއިރު، އޭގެ ސަބަބުން ދެކެވޭ "ބުންޏޭ ބުންޏޭ" ވާހަކަތައް ވެސް މިވަނީ ވަރަށް ހަލުވި ސްޕީޑުގައި އިތުރުވެފައެވެ.

"އެވެނި މީހަކު ބުންޏޭ މިވެނި ކަންމައްޗެއްގަ ހުރި ފިހާރައެއްގެ އެވެނި ރަށެއްގެ މިވެނި މީހަކު ބުންޏޭ ޕޮޒިޓިވްވި މީހާވަނީ މިވެނި އުޅަދެއްގައި އެވެނި މަގުތަކަކުން މިވެނި ގެތަކަކަށާއި ފިހާރައަކަށާއި ކޮފީތަކަކަށް އެވެނި މިވެނި ބަޔަކާއި އެކީ ގޮސްފައޭ" މިއީ ހުސް މިފަދައިން ދެކެވޭ އެވެނި މިވެނި ވާހަކައެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ރޯނު އެދުރުން ގިނަކަމީ އަޅުގަނޑުމެންނަށް އައު ކަމެއް ނޫނެވެ. ނަމަވެސް މިފަދަ ހައްސާސް ވަގުތެއްގައި މިފަދައިން ވާހަކަ ފެތުރުމުން، ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާއަށާއި އޭނާގެ އާއިލާއަށް ވެސް ނުހަނު ފުން އަސަރުތަކެއްކޮށް، ތަކުލީފު ތަކަކާއި ކުރިމަތިލާން ޖެހޭނެއެވެ. 

މިފަދައިން ވާހަކަތައް ފަތުރުމާއި، ޕޮޒިޓިވްވި މީހާއާއި ކަރަންޓީނުގައި ތިބި މީހުންގެ ވަނަވަރު ހާމަ ކުރުން ސަރުކާރުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. 

ވީމާ ހުރިހާ އެންމެންވެސް ކަމުގެ ދެކޮޅު ރަނގަޅަށް އޮޅުން ނުފިލުވާ މިފަަދައިން ވާހަކަތައް ފެތުރުމުން ދުރުހެލިވަމާތޯއެވެ. އަދި ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ބޯލަނބާ އަމިއްލަ ސަލާމަތައް ވިސްނާ ފަރުދީ ޒިއްމާ އަދާކުރުމަށް ގޭގައި މަޑުކުރަމާތޯއެވެ.

އާރޓިކަލް ރޭޓްކުރައްވާ


27%
ވ.ރަނގަޅު
36%
ރަނގަޅު
18%
އޯކޭ
18%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ