އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަސްނާގެ ލޮލުން ފައިބަނީ ކަރުނައެއް ނޫން, ކްރިސްޓަލް!

ހަސްނާގެ ލޮލުން ފައިބަނީ ކަރުނައެއް ނޫން, ކްރިސްޓަލް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ބެއިރޫތު: ލެބަނަން އަށް އުފަން ޒުވާން އަންހެން ކުއްޖެއްގެ ލޮލުން ކަރުނައިގެ ބަދަލުގައި އަންނަނީ ކްރިސްޓަލެވެ.

މުސްލިމު އަންހެން ކުއްޖެއް ކަމުގައިވާ އުމުރުން މިހާރު 24 އަހަރުގެ ހަސްނާ މަސަލްމާނީ ގެ ވައަތު ލޮލުން ކަރުނައިގެ ބަދަލުގައި ކްރިސްޓަލް ފައިބާތާ މިހާރު 12 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި އެގޮތަށް ކްރިސްޓަލް އުފެދުނު ކަމުގައިވިޔަސް އޭނާގެ ލޮލަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. 

ހަސްނާގެ މައިންބަފައިން ބުނިގޮތުގައި އެއް ދުވަހެއްގެ ހެނދުނު ހަސްނާއަށް ހޭލެވުނީ އޭނާގެ ވައަތު ލޮލަށް ވަރަށް ތަދުވާތީ ކަމަށާއި ލޮލުން އެއްޗެއް ނިކުންނަން އުޅުންހެން އޭނާއަށް ހީވި ކަމަށް ބުނި ކަމަށެވެ. 

"ހަމައެވަގުތު ހަސްނާ ޑޮކްޓަރަށް ގެންދިޔައިން. ޑޮކްޓަރު7 ބަލަނިކޮށް ވެސް ހަސްނާގެ ލޮލުުން ތިން ބޮޑު ކްރިސްޓަލްކޮޅު ނެގުނު" ހަސްނާގެ ބައްޕަ މުޙައްމަދު ބުންޏެވެ.

އޭގެ އަނެއްދުވަހު ވެސް ހަމަ އެފަދައިން ކަންތައްވި ކަމަށާއި އެދުވަހުވެސް ހަސްނާގެ ވައަތު ލޮލުން ކްރިސްޓަލް ނެގުނު ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

"އޭގެ ފަހުން ކޮންމެ ދުވަހަކުވެސް ހަސްނާގެ ލޮލުން ހަތެއް ނުވަތަ އަށް ކްރިސްޓަލްކޮޅު ނެގޭ. އެކަމަކު މާތް ﷲ ގެ އިރާދަފުޅާއެކު އޭނާގެ ލޮލަށް އެއްވެސް ގެއްލުމެއް ނުވޭ." ހަސްނާގެ ބައްޕަ ބުނެފައިވެއެވެ.

ހަސްނާގެ ލޯ ބެލި ޑޮކްޓަރު ޑރ. އަޙްމަދު އަރާޖީ ވިދާޅުވެފައިވަނީ، ހަސްނާގެ ލޯ ކައިރީގައި އޭނާގެ ބައްޕަ މީގެ ކުރިން ބިއްލޫރިތައްޓެއް ތަޅާލާފައިވާ ކަމަށް ބުނި ކަމަށާއި އެހެންކަމުން އެކްރިސްޓަލް ކޮޅުތަކަކީ އެބިއްލޫރި ތަށިތަކުގެ އެތިކޮޅުތަކެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

ނަމަވެސް ހަސްނާގެ ބައްޕަ މުޙައްމަދު އެކަމާއި ދެކޮޅު ހަދާފައި ބުނީ، އެއީ އެތަށިގެ ބިއްލޫރިކޮޅުތަކެއް ނޫން ކަމަށާއި އެއި މާތް ﷲ ދެއްކެވި މުޢުޖިޒާތެއް ކަމަށެވެ.

"އެއްދުވަހު އަހަންނަށް މާތް ނަބިއްޔާ (ޞޢޥ) ގެ ދަނބިދަރިކަލުން އަލީ ރަޟިއަﷲ އަންޙް، ހުވަފެނުން ފެނުން. އެކަލޭގެފާނު ވިދާޅުވި އަހަރެންގެ އިސްތަށިގަނޑު ނިވާ ކުރުމަށާއި ލޮލުގައި އުފެދޭ ކްރިސްޓަލްތަކުން ބަލިމީހުންނަށް ހޭދަ ކުރުމަށް" އެއީ މުޢުޖިޒާތެއް ކަމަށް ޤަބޫލު ކުރަމުން ހަސްނާ ވެސް ބުނެފައިވެއެވެ.

މިއާދަޔާ ޚިލާފު ކަންތައް އިތުރަށް ތަހުޤީޤު ކުރުމަށް 2008 ވަނަ އަހަރު ބެއިރޫތުގައި ހުންނަ އެމެރިކަން ޔުނިވާރސިޓީ ހޮސްޕިޓަލުން މަސައްކަތް ފެށިއެވެ. ނަމަވެސް އެމީހުންގެ ތަހުޤީޤުން ނަތީޖާދެއްކި ގޮތުގެ ރިޕޯޓު އަދި މިހާތަނަށް އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


22%
ވ.ރަނގަޅު
15%
ރަނގަޅު
17%
އޯކޭ
44%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ