އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދުންފަތުގެ އިސްތިއުމާލު ކޮށްގެން ތިވެވެނީ މާތްﷲ ހަވާލުކުރި އަމާނާތަކަށް ޚިޔާނާތްތެރި: މުފްތީ މެންކް

ދުންފަތުގެ އިސްތިއުމާލު ކޮށްގެން ތިވެވެނީ މާތްﷲ ހަވާލުކުރި އަމާނާތަކަށް ޚިޔާނާތްތެރި: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުބައިކަމާއި ބެހޭ ގޮތުން، މުޅި ދުނިޔެޔަށް މައްޝޫރު ދީނީ ޢިލްްްްްްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވަނީ އެބޭފުޅާގެ ދަރުހެއްގައި ވާހަކަ ދައްކަވާފައެވެ.

 

"ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގިނަ މީހުން ކުރާ ވަރަށް ނުބައި ކަމެކެވެ. އަދި އެއީ އިސްލާމްދީނުގައި ކުރުން ނަހީކުރައްވާފައިވާ ވެސް ކަމެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނުބައި ކަމެއްކަމާއި ސިއްޙަތައް ގެއްލުން ދެނިވި ކަމެއްކަމަށް ޣައިރު މުސްލިމުން ވެސް ޤަބޫލު ކުރެއެވެ. އަހަރެން މިހާ ޔަގީންކަމާއިއެކު މިހެން މިބުނަނީ ކީއްވެކަން އިނގޭ ހެއްޔެވެ؟ އެއީ އެމީހުން އެސިނގިރޭޓު އުފައްދާއިރު ވެސް، ފޮށީގެ ބޭރުގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްޙަތައް ގެއްލުންދޭ އެއްޗެއް ކަމުގައި ލިޔެ، އެއިންޒާރު ހިމަނާތީއެވެ.

ތިމާގެ ހަށިގަނޑަކީ ތިމާގެ އަމިއްލަ އެއްޗެއް ނޫންކަން އެނގޭ ހެއްޔެވެ؟ އެއީ މާތް ﷲ ގެ އަމާނާތެކެވެ. އެހެންކަމުގައިވީ ހިނދު ދުންފަތުގެ އިސްތިއުމާލު ކޮށްގެން އެހަށިގަނޑު ހަލާކު ކުރުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ.

ތިދެއަތާއި އަނގަޔާއި މުޅި ހަށިގަނޑަކީ ވެސް މާތް ﷲ ތިބާއަށް އިތުބާރު ކުރައްވާ ތިބާއަށް ދީފައިވާ އަމާނާތެކެވެ. ވަގުތު ޖެހުމުން އެކަލާނގެ އެތަކެތި އަނބުރާ ގެންދަވާނެއެވެ.

މާތް ﷲ ތިބާއަށް ތިހަށިގަނޑު ދެއްވާފައިވަނީ ކުޑަ މުއްދަތަކަށެވެ. އެހަށިގަނޑު ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅުމަކީ ތިބާގެ މައްޗަށް އޮތް ޒިންމާއެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ ހުރިހާ ފަރާތްތައް، މާތް ﷲ އަށްޓަކައި ތިނުރަނގަޅު އާދަ ދޫކޮށްލުމަށް އަހަރެން މިއަދު ގޮވާލަމެވެ. މިކަމުގައި އިތުރު ވާހަކަދެއްކުމެއް ނެތި އެންމެ ކުރުކޮށް ބުނަންޏާވެސް އަހަރެން ބުނާނީ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ނުހަނު ނުރަނގަޅު އާދައެއް ކަމަށާއި އޭގެން ތިމާއަށް ގެއްލުމާއި ހަލާކު ނޫން އިތުރު އެއްވެސް އެއްޗެއް ނުލިބޭނެކަމެެވެ.

އެފަދަ ކަމަކަށް ތިމާއަށް ލިބޭ ފައިސާތައް ވެސް އިސްރާފު ނުކުރާށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ފުރިހަމަ މުސްލިމުންގެ ކިބައިގާ ހުންނަންވާނެ އާދައެއް ނޫނެއެވެ. އެއީ އަހަރުމެންގެ ރަސޫލާ މުޙައްމަދު (ޞޢޥ) ވެސް ކުރަން ގޮވާލައްވާފައިވާ ކަމެއް ނޫނެވެ. އަދި ތިބާ އެކަން ކުރުމުން އެކަލޭގެފާނު ތިބާއާއިމެދު ފަޚުރުވެރިވެ އުފާވާނޭ ކަމެއް ވެސް ނޫނެވެ."

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
11%
ރަނގަޅު
35%
އޯކޭ
29%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ