އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މަނާވަގުތުގައި ނުކުމެ އުޅެގެން މީހަކު ޖޫރިމަނާކޮށްފި!

މަނާވަގުތުގައި ނުކުމެ އުޅެގެން މީހަކު ޖޫރިމަނާކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ކޯވިޑް-19އިން ރައްކަތެރިވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު ބޭރަށް ނުކުތުން މަނާކޮށްފައި އޮތް ވަގުތު ބޭރަށް ނިކުމެގެން މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާލެ އޭރިޔާ ހިމެނޭ ސަރަހައްދުގައި މީހުން ނިކުމެ އުޅުން މަނާވަގުތުގައި ނިކުމެ އުޅުނު މީހުންގެ ތެރެއިން 139 މީހަކަށް ނަސޭހަތްތެރިވެފައިވާކަމަށެވެ. އަދި މީގެ ތެރެއިން އެކަކު ޖޫރިމަނާކޮށްފައިވާކަަމަށއެވެ. މިއީ މިހާތަނަށް ބޭރަށް ނިކުތުން މަނާ ގަޑީގައި ޖޫރުމަނާ ކުރެވުނު ފުރަތަމަ މީހާއެވެ.

މިއަދު ނަސޭހަތްތެރިވި މީހުންގެ ތެރޭގައި ހިމެނެނީ 122 ދިވެހިންނާއި، 17 ބިދޭސީންނެވެ. އިއްޔެގެ މިވަގުތުގައި މަނާ ވަގުތުގައި ބޭރަށް ނިކުމެ އުޅެގެން ނަސޭހަތްތެރިވެފައިވަނީ 141 މީހަކަށެވެ. މިމަހުގެ 2ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެވެސް ހަވީރު 5 އިން ރޭގަނޑު 8އާ ހަމައަށް މާލެ، ވިލިމާލެ، ހުޅުމާލޭގައި މީހުން ނިކުމެ އުޅުމަކީ މަނާކަމެކެވެ. މިހާތަނަށް މި ވަގުތުތަކުގައި ނިކުތް މީހުންގެ ތެރެއިން 526 މީހަކަށް ވަނީ ނަސޭހަތް ތެރިވެފައެވެ.

މިމަހުގެ 2ވަނަ ދުވަހުންގެ ފެށިގެން 5ވަނަ ދުވަހުގެ ނިޔަލަށް

2 އޭޕްރީލް 2020 - 95 މީހަކަށް ނަސޭހަތްދީފައި

3 އޭޕްރީލް 2020 - 151 މީހަކަށް ނަސޭހަތްދީފައި

4 އޭޕްރީލް 2020 - 141 މީހަކަށް ނަސޭހަތްދީފައި

5 އޭޕްރީލް 2020 - 139 މީހަކަށް ނަސޭހަތްދީފައި

މިހާތަނަށް ޖޫރިމަނާކުރެވިފައިވަނީ އެންމެ މީހެކެވެ.

މާލެ ސަރަހައްދުގައި މީހުންނަށް ނުކުމެއުޅުން މަނާކޮށްފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށާއި، ރައްޔިތުންގެ ޞިއްޙީ ސަލާމަތްތެރިކަން ކަށަވަރުކުރުމަށެވެ. މިނިންމެވުން ނިންމަވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ބަޕްލިކް ހެލްތަށް ލިބިގެންފައިވާ ބާރުގެ ދަށުން މިމަހުގެ 1 ދުވަހުއެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
16%
ރަނގަޅު
16%
އޯކޭ
16%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ