އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކޮރޯނާގެ ހިތާމަ: ޚިދުމަތުގައި އުޅެނިކޮށް ނިޔާވި ލޯބިވާ އަނބިމީހާ އަދި 3 ދަރިންގެ މަންމަ އާ ބައްދަލުކުރާނީ ސުވަރުގޭގަ! އިން ޝާ ﷲ

ކޮރޯނާގެ ހިތާމަ: ޚިދުމަތުގައި އުޅެނިކޮށް ނިޔާވި ލޯބިވާ އަނބިމީހާ އަދި 3 ދަރިންގެ މަންމަ އާ ބައްދަލުކުރާނީ ސުވަރުގޭގަ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

"އަހަރެންގެ 3 ދަރިންގެ މަންމަ ގެއްލިގެން ދިއުމަކީ ދަރިންނަށާއި އަހަރެންނަށް ވެސް ލިބުނު އެންމެ ބޮޑު ގެއްލުން. އެ ގެއްލުން ފޫބެއްދުމަކީ ދުވަހަކުވެސް ކުރެވޭނެ ކަމެއް ނޫން. އެމީހަކު ދިރިހުރުމަށް ﷲ ކަނޑައަޅުއްވަވާފައިވާ މުއްދަތަށްވުރެ އެންމެ ހިނދުކޮޅެއް ވެސް އިތުރަށް އެއްވެސް މީހަކަށް ދުނިޔެއަކު ނުހުރެވޭނެ، އަހަރެން އުފާކުރާ ކަމަކީ އިންސާނިއްޔަތަށް ޚިދުމަތްކުރަމުން ގެންދަނިކޮށް އޭނާގެ ފުރާނަ ގެންދެވުމުން. އަހަރެންގެ ދުޢާއަކީ އަރީމާއަށް ޝަހީދެއްގެ ދަރަޖަ މިންވަރުކޮށްދެއްވެވުން! އޭނާ އަށް އެހާލަތު ކުރިމަތިވީ އެހެން މީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރަމުން ދަނިކޮށް. އޭނާ އެކުރީ ޖިހާދެއް! އިންސާނިއްޔަތަށްޓަކައި ކުރެވޭނެ އެންމެ މަތިވެރި ޖިހާދު. އިރާދަކުރެއްވިއްޔާ އަހަރެމެންނަށް ސުވަރުގެއިން ބައްދަލުކުރެވޭނެ!" މިއީ އަރީމާގެ ފިރިމީހާގެ ޝުޢޫރުތަކެވެ.  

 

22 އަހަރުގެ އަންހެން ކޮއްކޮއަކީވެސް ޞިއްހީ ޚިދުމަތްތެރިއެކެވެ. އޭނާ ބުނަނީ ދައްތަ ނިޔާވުމުން ވަރަށް ދެރަވާ ކަމަށާއި ނަމަވެސް އެކަމަށް ބިރުން ޚިދުމަތްކުރުން ހުއްޓާލާފައި ގެއަށް ނުވަންނާނެ ކަމަށެވެ. ކޮރޯނާ ވައިރަސް ނުޖެހޭނީ ކޮންތަނެއްގައި ހުރުމުންކަން ނޭނގޭނެ ކަމަށެވެ. މުހިންމީ ދާން ނުޖެހޭ ތަންތަނަށް ނުދިއުން ކަމަށެވެ. އަދި ރައްކައުތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެން ދިރިއުޅުން ކަމަށެވެ.

 

 

އަރީމާ ނަސްރީނަކީ ފާއިތުވި 16 އަހަރު އިނގިރޭސިވިލާތުގެ ވަލްސޯލް މެނޮރ ހޮސްޕިޓަލުގައި ޚިދުމަތްކުރަމުން އައި އުމުރުން 36 އަހަރުގެ ނަރުހެކެވެ. 3 ދަރިންގެ މަންމައެވެ.  

 

ކޮރޯނާ ވައިރަސް އާއި ގުޅިގެންވެސް އޭނާ އިންސާނިއްޔަތަށް ޚިދުމަތްކުރަމުން ގެންދިއައީ އެއީ މަތިވެރި ވާޖިބެއް ކަމުގައި ދެކެގެންނެވެ. ކޮރޯނާ ވައިރަސްގެ ޢަލާމާތްތައް ފެނުނީ މާރިޗް މަހުގެ 13 ވަނަ ދުވަހުއެވެ. މީގެ ދެދުވަސްކުރިން އޭނާ ވަނީ އައިސީޔޫގައި ދުނިޔެއަށް އަލްވިދާޢު ކިޔައިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
11%
ރަނގަޅު
28%
އޯކޭ
39%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް