އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހަފްތާ ދަރުސް - ކުރެވޭ ނުބައި އަމަލުތައް ސަވާބު ލިބޭ ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްލާ!: ޑރ. ޝަހީމް

ހަފްތާ ދަރުސް - ކުރެވޭ ނުބައި އަމަލުތައް ސަވާބު ލިބޭ ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްލާ!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 13 ސިކުންތު

މިއީ އަޅުގަނޑުމެންގެ ނަފްސް މުރާޖަޢާކޮށް އިޞްލާޙްކުރަން މަސައްކަތްކުރަންވީ ވަގުތެވެ. ހެޔޮ އަމަލުތައް ކުރުންމަތީގައި ސާބިތުވެ އެކަންކަން ދެމެހެއްޓުމަސް މަސައްކަތްކުރަންވީ ވަގުތެވެ. އަދި މުޖުތަމައުއާއިއެކު ރަނގަޅު ގޮތުގައި އުޅުމަށްޓަކައި އަޅުގަނޑުމެންގެ ސުލޫކު މުރާޖަޢާކޮށް ރަނގަލު މަގަށް އަންނަންވީ ވަގުތެވެ. 

އިންސާނުންނަށް ނުބައި ކަންކަން ކުރެވޭނެއެވެ. އެއީ އިންސާނުންގެ ފިޠުރަތުގައި ލައްވަވާފައިވާ ކަމެކެވެ. އެހެންވެ ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ނުބައި ކަމެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވެ ހެޔޮ ޢަމަލުކުރުމަށެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ނުބައިކަމެއް ކުރެވިއްޖެނަމަ ވިއްދައިގެން އވަހަށް ހެޔޮ ކަމެއް ކުރުމުން ކުރި ހެޔޮ ކަންތައް ކުރެވުނު ނުބައި ކަންތަކުގެ މައްޗަށް ގަދަވެގަންނާނެ ކަމަށެވެ. 

އަމިއްލަ ގޭގައި ހުރިނަމަވެސް މުޖުތަމައުގައި ދިރިއުޅުނު ނަމަވެސް އަދި ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުރި ނަމަވެސް ނުބައި އަމަލުތައް ނުކުރާށެވެ! ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ! އީމާންތެރި ވާންވީ އެމީހަކު ހުރި ތަނެއްގެ ސަބަބަކުން ނޫނެވެ. އެއީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކުރަން ޖެހޭ ކަމަކަށްވާތީއެވެ. 

ވަކި ތަނެއްގައި ހުރެވުނީތީ ޝައިޠޯނާގެ ފިޔަވަޅުމަތީގައި ނުހިނގާށެވެ! ﷲ ތަޢާލާ ޙަރާމް ކުރެއްވެވި އެއްވެސް ކަމެއް ނުކުރާށެވެ! އެއިރުން އެހިނގެނީ ޝައިޠޯނާގެ ފިޔަވަޅު މަތީގައެވެ. ޢަމަލު އެކުރެވެނީ ޝައިޠޯނާ ބުނާ ގޮތަށެވެ. 

އަނބި ދަރިންނަށާއި ޢާއިލާއަށްވެސް ދަސްކޮށްދޭންވީ މިގޮތެވެ. ޙެޔޮ އަމަލެއް ނޫނީ ނުކުރުމަށެވެ. ދަރިން ގާތު ބުނަންވީ "ދަރިފުޅާ! ނަމާދުކުރާށޭ!" އެއް ނޫނެވެ. ބުނަންވީ ނަމާދުކުރަން އައުމަށެވެ. ނަމާދުކުރަންވީ ދަރިން ގޮވައިގެންނެވެ. 

އެއްވެސް މީހަކު މަކަރު ނުހަދާށެވެ! މަކަރުހަދާ މީހުންނަކީ އަހަރެމެންގެ ތެރެއިންވާ ބައެއް ނޫނެވެ. މުސްލިމުންގެ ސިފައަކަށް ވާންޖެހޭނީ ތެދުވެ އެހެން މީހުންނަށްޓަކައި ހެޔޮކޮށް ކަންކަން ކުރުމެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް އަޅައިލުމެވެ. މައިންބަފައިންނަށާއި އަނބިދަރިންނަށާއި އެހެން މީހުންނަށްވެސް ހެޔޮކޮށް ހިތުމެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަދަރު ލިބިގެންވަނީ ރިވެތި އަޚްލާޤްގެ މަތީގައި ތިބޭ މީހުންނަށެވެ. ﷲ ވަޙީކުރައްވަވާފައިވަނީ ރަސޫލް (ޞޢވ) ވަނީ ރިވެތި އަޚްލާޤެއްގެ މަތީގައި ކަމަށެވެ. (ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ތިމަންކަލޭގެފާނު ފޮނުއްވެވުނީ ރިވެތި އަޚްލާޤް ފުރިހަމަކުރެއްވެވުމަށް ކަމަށެވެ. 

(ޚަބަރުގައި މިވާ ދަރުސަކީ މިއަދުނޫހާއި އަލަކައުން ގުޅިގެން ދެމުން ގެންދާ ސިލްސިލާ ދަރުސް ޕްރޮގްރާމްގެ ތެރެއިން މިހުކުރަށް ޚާއްޞަ ދަރުސެވެ. މިހަފްތާގެ ދަރުސް ދެއްވާފައިވަނީ ޖިއްދާގައި ހުންނަވައިގެން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ދަރުސްގެ ވީޑިއޯ ބައްލަވައި އަޑުއައްސަވައިލައްވާށެވެ! ލިޔުމުގައި ނެތް އެތައް ނަބޭޙަތްތަކެއް ދަރުސްގައިވެއެވެ.) 

ދަރުސްގެ ވީޑިއޯ:

އާރޓިކަލް ރޭޓްކުރައްވާ


38%
ވ.ރަނގަޅު
0%
ރަނގަޅު
15%
އޯކޭ
46%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް