އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މުޞީބާތްތަކުން ދިވެހިން ސަލާމަތްކުރައްވަވަނީ ދިވެހިންގެ އެކުވެރިކަމާ އެހީތެރިކަން ބޮޑުކަމުން!: ޑރ. ޝަހީމް

މުޞީބާތްތަކުން ދިވެހިން ސަލާމަތްކުރައްވަވަނީ ދިވެހިންގެ އެކުވެރިކަމާ އެހީތެރިކަން ބޮޑުކަމުން!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ﷲ ތައާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ދިވެހިންގެ މައްޗަށް އަބަދުވެސް ވަރަށް ބޮޑެވެ! އެކަމަށްޓަކައި ޝުކުރުވެރިވާންވާނެއެވެ! އިޚްލާޞްތެރިވާންވާނެއެވެ! 

މިއީ މީސްތަކުން އެކަކު އަނެކަކަކަށް އެހީތެރިވާންވީ ވަގުތެވެ! ދިވަހިންނަކީ އަބަދުވެސް އެކަކު އަނެކަކަސް އެހީތރެރިވާ ބައެކެވެ. އެކުވެރި ބައެކެވެ. ދިވެހިންނަށް ކުރިމަތިވާ މުޞީބާތްތަކުން ﷲ ތަޢާލާ ދިވެހިން ސަލާމަތްކުރައްވަވަމުން ގެންދަވަނީ އެކަންކަމުގެ ސަބަބުން ކަމަށް ބުނުމުގެ ފުރުޞަތު އެބަ އޮތެވެ. 

މިފަދަ ދަތިޙާލަތެއް ކުރިމަތިވުމުން ހުރިހާ ރައްޔިތުންގެ ބޭނުންތައް ފުއްދައި ދިނުމަކީ އެއްވެސް ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫންކަން ޤަބޫލުކުރާށެވެ! ވީމާ މިހާލަތުގައި ރައްޔިތުންނަށް އޮތީ ކެތްތެރިވުމެވެ. ޛިކުރުކޮށް ދުޢާ ކުރުމެވެ. ޝކުރުވެރިވުމެވެ. 

ސަބަބުތަކުގައި ހިފައިގެންތިބެ މުޞީބާތްތަކުން އަރައިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ދަތިޙާލަތަކަށްފަހު އުފާވެރިކަން މިންވަރު ކުރައްވަވާނެތެވެ. އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިއޮންނާނެ ކަމެއް ނޫނެވެ. އައްޔޫބްގެފާނުގެ ސިޔަރަތުން ލިބިގެންދާ އެއް ފިލާވަޅަކީ އެއީއެވެ! 

އައްޔޫބްގެފާނަށް ކުރިމަތިވެވަޑައިގެންނެވި އެ ބޮޑު މުޞީބާތުގައި 18 އަހަރު ހޭދަކުރެއްވެވިއިއރުވެސް ވަގުތުތައް ހޭދަކުރެއްވެވީ އަޅުކަން ކުރެއްވެވުމާއި ޛިކުރު ކުރެއްވެވުމުގައެވެ. މިއީ މިއަދު އަޅުގަނޑުމެން ވެސް ސާބިތުވާންވީ ކަންކަމެވެ. މުޞީބާތުން އަޅުގަނޑުމެންވެސް ސަލާމަތްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އާރޓިކަލް ރޭޓްކުރައްވާ


20%
ވ.ރަނގަޅު
10%
ރަނގަޅު
40%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް