އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މި 4 ކަމުން ތިބާއަށް ދުނިޔޭގައި ޢަޛާބް ލިބެމުން ނުދޭހެއްޔެވެ؟ ވިސްނައި އަވަހަށް އަމަލުތައް އިޞްލާޙްކުރާށެވެ!

މި 4 ކަމުން ތިބާއަށް ދުނިޔޭގައި ޢަޛާބް ލިބެމުން ނުދޭހެއްޔެވެ؟ ވިސްނައި އަވަހަށް އަމަލުތައް އިޞްލާޙްކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

އިމާމް އަލްޖަވްޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ދުނިޔޭގައި މީސްތަކުންނަށް 4 ގޮތަކުން ޢަޛާބު ލިބިގެންދެއެވެ. އެބަސްފުޅުގެ މާނައެއް ކަމަށް ބެލެވެނީ 4 ކަމެއްގެ ސަބަބުން މީސްތަކުންނަށް ގެއްލުމާއި ހަލާކުގެ ތެރެއަށް ވަދެވިގެންދާ ކަމެވެ. 

އެގޮތުން އިމާމް ފާހަގަކުރެއްވެވި 4 ކަމަކީ 1 އީމާންކަން ކުޑަވުން 2 ކަންކަމަށް އެދި ﷲ އަށް ދެންނެވުން މަދުވުން ނުވަތަ ނުދެންނެވުން 3 ކީރިތި ޤުރްއާން ހަނދާން ނެތުން 4 ތައުބާވުމަށް ފަރުވާ ކުޑަކުރެވުން. މި 4 ކަންތަކެވެ. 

މި 4 ކަންތަކަށް ބެލިނަމަވެސް މިއީ މިއަދު ވަރަށް ގިނަ ބައަކަށް މެދުވެރިވެފައިވާ ޙާލަތެވެ! ތިމާ މިހުރީ އީމާންވެގެން ކަމަށް ބުނި ނަމަވެސް އީމާނަކްމުގައި ސާބިތުވެ ހުރެވެނީ މަދު މީހަކަށެވެ. ކަންކަމަށް ބޭނުންވުމުން ﷲ ތަޢާލާއަށް އެދި ދަންނަވާ މީހުންނަށްވުރެ ގިނައީ މީސްތަކުންގެ ގާތަށް ކަންކަމުގައި ހިނގާ މީހުންނެވެ. ކުޑައިރު ކީރިތި ޤުރްއާނުން ދަސްކުރާ މީންވަރުވެސް ބޮޑުވާއިރު ހަނދާން ހުންނަނީ ވަރަށް މަދު މީހެކެވެ. އެކަމުން އެނގެނީ އޭނާ ފަހުން ނުކިޔަވާ ކަމެވެ. ހަނދާނުގައި ބަހައްޓަން މަސައްކަތް ނުކުރެވޭ ކަމެވެ. އިސްތީޣްފާރުކުރުން ގިނަކޮށް ތައުބާވަމުން ގެންދަނީ އެހައިމެ މަދު ބައެކެވެ. 

މީސްތަކުންނޭވެ! އިމާމުން ވިދާޅުވެފައިވާ މިފަދަ މުހިންމު ބަސްފުޅުތަކާއިމެދު ހޭލުންތެރިވާށެވެ! އިސްލާމް ދީނުގައި ސާބިތުވާން ގަދައަޅައި މަސައްކަތްކުރާށެވެ! ތިމަން މިހިރީ އީމާންވެގެން ކަމަސް ދުލުން ބުނެލުމަކުން ނުފުދޭނެއެވެ. ހިސާބު ބައްލަވާ ދުވަހު ތިލަފަތަށް އަޅަން ހެޔޮ އަމަލުތައް ކުރަން ޖެހެއެވެ! ނޫނީ މީޒާނުގައި ހެޔޮ އަމަލުތަކުގެ ކޮޅަށް ބަރުކަމެއް ނުލިބޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


37%
ވ.ރަނގަޅު
14%
ރަނގަޅު
25%
އޯކޭ
22%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް