އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކޮރޯނާ އާއިހުރެ ޝަކުވާކުރާ މީހުންނަށް މި 2 އާޔަތް ފެނޭބާވައެވެ!

ކޮރޯނާ އާއިހުރެ ޝަކުވާކުރާ މީހުންނަށް މި 2 އާޔަތް ފެނޭބާވައެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 53 ސިކުންތު

މި ބުނެވެނީ ކީކޭކަން ނުއެނގޭ ހާލުގައި ތިބެ ނަމަވެސް ބައެއް މީހުން ގެންދަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ތަފާތު ބަސްތައް ބުނަމުންނެވެ. ޝަކުވާތައް ކުރަމުންނެވެ. ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

އެފަދަ މީހުންނަށް ބުނެލަން އޮތީ ހަމަ އެކަނި މި 2 އާޔަތް ކީރިތި ޤުރްއާނުގައި އޮތްކަން ތިއަ ބައި މީހުންނަށް އެނގޭ ހެއްޔެވެ؟ މި 2 އާޔަތަށް ރައްކައުތެރިވީން ހެއްޔެވެ؟ ދުނިޔޭގެ ނިޞްބަތުން މިކަން އޮތް ޙާލަތާއިމެދު ވިސްނައިލީމު ހެއްޔެވެ؟ 

މީސްތަކުން މިވެނި ގޮތަކަށް އުޅުމަކީ ވެސް ދީނެއް ކަމަށް ބުނި ނަމަވެސް އެކަން ﷲ ތައާލާ ޤަބޫލުފުޅެއް ނުކުރައްވަވާނެތެވެ! ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ހަމައެކަނި އިސްލާމް ދީނެވެ. އެހެންކަމަށްވާއިރު ދުނިޔޭގެ އާބާދީގެ ޙާލަތަކީ ކޮބައިހެއްޔެވެ؟ އަދި މުސްލިމުންގެ ތެރޭގައި ތިބި ބައެއް މީހުންގެ ޙާލަކީވެސް ކިބައިހެއްޔެވެ؟

ފުރަތަމަ އާޔަތަކަށް މިއާޔަތާއިމެދު ވިސްނައިލާށެވެ!

"ފަހެ، ތިއަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިއަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެއަށް ތިއަބައިމީހުން ޝުކުރު ކުރާށެވެ! އަދި ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރު ނުވާށެވެ!" (އަލްބަޤަރާ: 152)

އަހަރެމެންނަށް މިއާޔަތަށް އަމަލުކުރެވޭ ހެއްޔެވެ؟ ﷲ ތަޢާލާ ހަނދުމަކުރެވޭ ހެއްޔެވެ؟ ޝުކުރުވެރިވެވޭ ހެއްޔެވެ؟ ދުނިޔޭގެ ތިންބައިކުޅަ ދެބައަކީ ﷲ ތަޢާލާއަށް އުރެދި ކާފިރުވެގެން ތިބި މީހުން ނޫން ހެއްޔެވެ؟ އެހެންކަމަށްވާއިރު މިހާރުވެސް ދެއްވަވަމުން ގެންދަވާ ނިޢްމަތްތައް ދެއްވަވަނީ އެކަލާނގެ ދީލަތިވަންތަކަމުން ނޫންހެއްޔެވެ؟  

ދެން ވިސްނައިލަންވީ މިއާޔަތަށެވެ! 

"މުނާފިޤް  ފިރިހެނުންނާއި، މުނާފިޤް އަންހެނުންނީ، އޭގެ އެއްބައަކު އަނެއްބައެއްގެ ތެރެއިންވާ ބައެކެވެ. އެއުރެން ނުބައިކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެތެވެ. އަދި އެއުރެންގެ އަތްތައް ލައްޕަތެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ، މުށްބާރުކުރެތެވެ.) އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ. ހަމަކަށަވަރުން، މުނާފިޤުންނަކީ، ހަމަ ފާސިޤުންނެވެ." (ތައުބާ: 67) 

މި އާޔަތުގައި "އެއުރެން، ﷲ ހަނދުމަނެތި ކުރޫއެވެ. ދެން ﷲ އެއުރެންގެ މަތިން ހަނދުމަނެތި ކުރެއްވިއެވެ." މިއޮތް ވަޙީ ބަސްފުޅާއިމެދު ވިސްނައިލާށެވެ! އެއިރުން ވަރަށް ގިނަ ކަންކަން ވިސްނޭނެއެވެ! ނަމަވެސް ސިކުނޑި ހުޅުވައިގެން ވިސްނާ މީހަކަށެވެ! 

މީސްތަކުންނޭވެ! ހުރިހާވެސް މައްސަލައަކީ މީސްތަކުންގެ ޢަމަލުތަކެވެ! ގިނަ ބައަކު ﷲ ތަޢާލާއަށް އުރެދުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. ﷲ ތައާލާގެ މަތިން ހަނދުމަނެތިކޮށްލުމެވެ. ކުރިމަތިވަމުން އަންނަ ކޮންމެ މުޞީބާތަކީ އެކަންކަމުގެ ސަބަބުން ކުރިމަތިވަމުން އަންނަ ކަންކަމެވެ. މުސްލިމުންނަށް މިފަދަ ކޮންމެ ކަމެއް ވެގެންދާނީ ރަހްމަތަކަށެވެ! އެކަމުގެ ވާހަކަތައް ކުރީގެ ދަރުސްތަކުގައި ބަޔާންކޮށްފީމެވެ. 

ވީމާ ނުއެނގޭ ހާލުގައި، ކަންކަމަށް ނުވެސް ވިސްނައިތިބެ ތަފާތު ސުވާލުތައް އުފައްދަންވީއެއް ނޫނެވެ. އަވަސްވެގަންނަންވީ މީސްތަކުންގެ އަމަލުތައް އިޞްލާޙް ކުރުމަށެވެ! ﷲ ތަޢާލާގެ މަގަށް ރުޖޫޢަވުމަށެވެ. ކީރިތި ޤުރްއާނަށް ޢަމަލުކުރުމަށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
10%
ރަނގަޅު
29%
އޯކޭ
34%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް