އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކާތަކެތީގެ ރަހަކިޔައި ރުޅި އައުމަކީ ސުންނަތުން ބޭރު ކަމެކެވެ!

ކާތަކެތީގެ ރަހަކިޔައި ރުޅި އައުމަކީ ސުންނަތުން ބޭރު ކަމެކެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ގޭގައި ކައްކާފައި ހުންނަ ކާތަކެތީގެ ރަހަ ނުބައިކަމަށް ނުބުނާށެވެ! ފާޑުކިޔައި ރުޅި އައުން ފަދަ ކަންކަން ނުކުރާށެވެ! މީރު ނަމަ ގިނައިން ކާށެވެ! މީރު ނޫންނަމަ މަދުން ކާށެވެ! ރަހައެއް އިޞްލާޙްކޮށްލަން ބޭނުންނަމަ ވެސް ފާޑުކިޔުމުގެ ބަދަލުގައި ގެންނަންވީ އިޞްލާޙް ވަރަށް ލޯބިން ބުނެލާށެވެ! 

އެހެނީ ރަސޫލް (ޞޢވ) ދުވަހަކުވެސް ކާތަކެތީގެ ރަހަ މީރުފުޅު ނުވެގެން ޝަކުވާ ކުރައްވާފައެއް ނުވެއެވެ. ގަނޑުވަރުކޮޅުގެ އިތުރުން ބޭރުން އަރުވާ ދައުވަތުތަކުގައިވެސްމެއެވެ. 

މިއީ އެންމެން ގޭގައި މަޑުކުރަން ޖެހިފައިވާ މިފަދަ ވަގުތަކު ވަރަށް ބޮޑަށް ވިސްނައިލަންވީ ކަމެކެވެ. އަނބި މީހާ ނަމަވެސް ފަހަރި ނަމަވެސް މައިމީހާ ނަމަވެސް އަދި އެހެން މީހަކު ނަމަވެސް ކައްކާނީ ވަރަށް ބުރަ މަސައްކަތުންނެވެ. އެމީހަކަށް ކެއްކުނު އެންމެ މީރުކޮށެވެ! ނަމަވެސް ވަކަރުގަނޑު ހަލާކުވާނީ މާވަޑިއާ އަތުން ކަމަށް ބުނާ އުޞޫލުން މީރު ނޫން ގޮތަކަށްވެސް ކެއްކިފައި ހުރެދާނެއެވެ! ނުބައިކޮށް ކެއްކޭނީ ވެސް ކައްކާ މީހާއަށެވެ! އެކަން ޤަބޫލުކުރަންވާނެއެވެ! 

އެއިގެ އިތުރުން ގޭގައި މަޑުކުރަން ލިބިފައިވާ މިފުރުޞަތުގައި ކައްކަން އެހީތެރިވާށެވެ! މިހާރު ކައްކަން ނުއެނގޭނަމަ ކައްކަން ދަސްވެސްކުރާށެވެ! ކައްކަން އެނގޭނަމަ ދެމަފިރިންގެ މެދުގައި މުބާރާތް ވެސް ބާއްވާށެވެ! އެފަދަ ކަންކަމަކީ ދެމަފިރިންގެ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަންކަމެވެ!  

ރައްޓެއްސަކު ބުންޏެވެ! "އޭނާއަށް ކައްކަން ނޭނގޭތީ ކުރާ ކަމަކީ އަނބިމީހާއަށް ތަށި ތެލި ދޮވެދިނުމެވެ! އަނބިމީހާ އޭނާގެ "ވަޒީފާ" ގެއްލިދާނެ ކަމުގެ ބިރަށް ކައްކަން ދަސްކޮށެއް ނުދިނެވެ." ކިހައި އެކުވެރި ހެއްޔެވެ؟ އުފާވެރިކަން ލިބުންވަނީ އެކުވެރި ދިރިއުޅުމުގައެވެ! އަމުރުވެރި ދިރިއުޅުމަކު ނޫނެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


18%
ވ.ރަނގަޅު
18%
ރަނގަޅު
20%
އޯކޭ
41%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް