އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ޗާޓަރ ކުރާ ފްލައިޓްތަކަށް ހުއްދަދިނުން ހުއްޓާލައިފި!

ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ޗާޓަރ ކުރާ ފްލައިޓްތަކަށް ހުއްދަދިނުން ހުއްޓާލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވަކިވަކި ފަރާތްތަކުން ޗާޓަރކުރާ ފްލައިޓްތަކަށް ހުއްދަ ދިނުން މެދުކަނޑާލާފައިވާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމަށް އެކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާއެކު ވައިގެ ދަތުރުފަތުރުތައް ހުއްޓިފައިވާކަމަށެވެ. އެހެންކަމުން އެ ޤައުމުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ބަލަމުންދާކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާތީ މިވަގުތު ވަކިވަކި ފަރާތްތަކުން ޗާޓަރ ކޮށްގެން ދިވެހިން ރާއްޖެ ގެނައުމަށް އެދި ހުށައަޅާ ފްލައިޓްތަކަށް ހުއްދަދިނުން މެދުކަނޑާލާފައިވާކަމަށެވެ.

ކޯވިޑް19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ހުކުރު ދުވަހުގެރޭ 12:00އިން ފެށިގެން ރާއްޖެއަށް އޮންއަރައިވަލް ވިސާދިނުން ހުއްޓާލުމަށް ވަނީ ނިންމާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


28%
ވ.ރަނގަޅު
14%
ރަނގަޅު
14%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ