އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މައްކާ، މަދީނާ، ރިޔާޛް ވެސް ހިމެނޭ ގޮތަށް ސައުދީގެ ތޭރަ ސަރަހައްދު ކަރަންޓީނު ކުރުމުގެ އަމުރެއް ސަލްމާން ރަސްގެފާނު ނެރުއްވައިފި

މައްކާ، މަދީނާ، ރިޔާޛް ވެސް ހިމެނޭ ގޮތަށް ސައުދީގެ ތޭރަ ސަރަހައްދު ކަރަންޓީނު ކުރުމުގެ އަމުރެއް ސަލްމާން ރަސްގެފާނު ނެރުއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު

މައްކާ އާއި މަދީނާ އަދި ވެރިރަށް ރިޔާޛްވެސް ހިމެނޭ ގޮިތަށް ސައުދިޢަރަބިޔާގެ 13 ޕްރޮވިސްސްވެސް އެކުގައި ކަރަންޓީނު ކުރުމުގެ އަމުރުފުޅެއް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ނެރުއްވައިފިއެވެ. 

މިއަމުރުފުޅުގައި އޮތް ގޮތުން އެއްވެސް ޕްރޮވިންސެއްގެ މީހަކަށް އެހެން ޕްރޮވިންސަކަށް ނުދެވޭނެއެވެ. ދަތުރުކުރެވޭނީ ހަމައެކަނި ޚާއްޞަ ހުއްދަ ކުރިން ލިބިފައިވާ މީހުންނަށެވެ. މިމަހުގެ 23 ވަނަ ދުވަހު ރޭގަނޑު 7 ން ހެނދުނު 6 އަށް މުޅި ސައުދީގައި ކަރފިޔު ހިންގައިފައެވެ. މިއަދު ނެރުއްވި އަމުރުފުޅުގައި ވަނީ އެ ޕްރޮވިންސެއްގެ ޙާލަތާއި ގުޅޭ ގޮތަށް ގަޑިއަށް ބަދަލު ގެނައުމުގެ ހުއްދަވެސް ދެއްވައިފައެވެ. 

ސައުދިޢަރަބިޔާގެ ހިސާބުތައް ދައްކާ ގޮތުން 880 މީހުން ޕޮޒިޓިވެވެފައިވެއެވެ. 3 މީހުން ވަނީ މަރުވެފައެވެ. ސީއަސް ޙާލަތުގައި މީހަކު އޮތް ކަމަކަށް ނުދައްކައެވެ. ބަލިން ގަދަވެފައިވަނީ 29 މީހުންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


22%
ވ.ރަނގަޅު
11%
ރަނގަޅު
22%
އޯކޭ
44%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް