އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކުރިއަށް އޮތް 2 ހަފްތާ ތެރޭ ރާއްޖެއިން ފަތުރުވެރިން ހުސްވާނެ! 9 މަސް ތެރޭ އިޤްޠިޞާދީ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ!: ރައީސް

ކުރިއަށް އޮތް 2 ހަފްތާ ތެރޭ ރާއްޖެއިން ފަތުރުވެރިން ހުސްވާނެ! 9 މަސް ތެރޭ އިޤްޠިޞާދީ ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ!: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ކުރިއަށް އޮތް 2 ހަފްތާ ތެރޭ ރާއްޖެއިން ފަތުރުވެރިން ހުސްވެ، ރިޒޯޓްތައް ހިންގުން ހުއްޓުމަކަށް އަންނާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ރައީސް މިއަދު ވިދާޅުވީ މިއީ ވަރަށް ދަތި ޙާލަތެއް ކަމަށާއި ނަމަވެސް މިނޫން އެއްވެސް ގޮތެއް މިވަގުތު ނެތް ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ މިއަހަރުގެ ފަހުކޮޅު، އަންނަ އަހަރުގެ ކުރީކޮޅު ދުނިޔޭގެ އިޤްޠިޞާދަށް ބޮޑު "ބޫމެއް" އަންނާނެ ކަމަށް ދުނިޔޭގެ އިޤްޠިޞާދީ މާހިރުން ޤަބޫލުކުރާ ކަމަށާއި ރާއްޖޭގެ އިޤްޠިޞާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. 

ރައީސް ޞާލިޙް ވިދާޅުވީ ރާއްޖެ މިވަނީ އެންމެ ބޮޑު ލޮކްޑައުނަށް ގޮސްފައި ކަމަށެވެ. 24 ގަޑިއިރު ފަހުން އެއްވެސް ޤައުމަކުން ރާއްޖެއަށް މިވަގުތު ނާދެވޭނެ ކަމަށެވެ. އެހެންކަމުން ހަފްތާއެއް 2 ހަފްތާ ތެރޭ ރިޒޯޓުތައް ބަންދުވެގެންދާނެ ކަމަށެވެ. 

ނަމަވެސް މަހެއްހައި ދުވަސްފަހުން ރަނގަޅުތައް ފެނުމުގެ އުންމީދު އެބައޮތް ކަމަށާއި ޗައިނާގައި އެންމެ ނުރައްކާވި ވޫހާން ސިޓީ މިއަދު ހުޅުވިގެންދާކަން އެއީ އެކަމުގެ ހެއްކެއް ކަމަށެވެ.

 

 

 

އާރޓިކަލް ރޭޓްކުރައްވާ


18%
ވ.ރަނގަޅު
27%
ރަނގަޅު
18%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް