އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިޓަލީގެ ޙާލަތު ގޯހުން ގޯހަށް! މަރުވާ މީހުންގެ އަދަދު ޗައިނާގެ 2 ގުނައަށް އިތުރުވަނީ!

އިޓަލީގެ ޙާލަތު ގޯހުން ގޯހަށް! މަރުވާ މީހުންގެ އަދަދު ޗައިނާގެ 2 ގުނައަށް އިތުރުވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު އިޓަލީގައި މިހާރު ވަނީ 59،138 އަށް އަރައިފައެވެ. މަރުވި މީހުންގެ އަދަދު މިހާރު ވަނީ 5476 އަށް އަރައިފައެވެ. ސީރިއަސް ޙާލަތުގައި ތިބި މީހުންގެ އަދަދު ވަނީ 3000 އަށް އަރައިފައެވެ. 

ބަލި ފުރަތަމަ ފެތުރުނު ޗައިނާގައި މަރުވި މީހުންގެ އަދަދަކީ 3270 އެވެ. ވީމާ އިޓަލީގައި މަރުވި މީހުންގެ އަދަދު މިހާރުވެސް މިވަނީ ޗައިނާގެ 2 ގުނަ އާއި ގާތްކޮށްފައެވެ. 

އިޓަލީ ފިޔަވައި ޔޫރަޕުގެ އެންމެ ޙާލަތު ގޯހީ ޖަރުމަނާއި ސްޕޭންއެވެ. ޖަރުމަނުގައި ބަލި ޖެހުނު މީހުންގެ އަދަދުވަނީ 27،558 އަށް އަރައިފައެވެ. ސްޕޭންގައި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރުވަނީ 33،089 އަށް އަރައިފައެވެ. އަދި އެއް ދުވަސް ތެރޭ ސްޕޭންގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4000 އަށްވުރެ މަތީގައެވެ.

އާރޓިކަލް ރޭޓްކުރައްވާ


19%
ވ.ރަނގަޅު
21%
ރަނގަޅު
25%
އޯކޭ
34%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް