އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މަސްވެރިން ބާނާ ބޮޑުކަންނެލި ކިރޭނެ ގޮތެއް ނެތި ގޮތް ހުސްވެފަ!

މަސްވެރިން ބާނާ ބޮޑުކަންނެލި ކިރޭނެ ގޮތެއް ނެތި ގޮތް ހުސްވެފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މިއަދާއި ހަމައަށް 40 އަށްވުރެ ގިނަ ދޯނިން ބާނާފައިވާ 200 ޓަނަށްވުރެ ގިނަމަސް ނުކިރި، ހަދާނެ ގޮތްހުސްވެފައި މަސްވެރިން އެބަތިބިކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން އިން ކަންބޮޑުވުން ފައުޅުކޮށްފިއެވެ. 

"މިވަގުތުވެސް 40 ހަށްވުރެ ގިނަ ކަންނެލި އޮޑި، 200 ޓަނަށްވުރެ ގިނަ ކަންނެލި ނުކިރި ބަނދަރުތަކުގައި ތިބިކަމީ މި ޖަމުއްޔާއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ބޮޑު ކަންނެލި މަސްވެރިކަމުން ނަފާލިބި ދިވެހިރާއްޖޭގައި ދިރިއުޅޭ 30 ހާހެއްހާ ރައްޔިތުންގެ ދިރިއުޅުމުގެ ޒަރޫރަތްތަށް ފުއްދައިގެން ތިބެވޭނެ މަގަކަށް ކަންކަން ގެންދިއުމަށް ސަރުކާރަށާއި މަސްގަންނަ ފަރާތްތަކަށް ގޮވާލަމެވެ." 

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤުތިސާދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ދިވެހިރާއްޖޭގެ އިޤުތިސާދަށް ލޮޅުން އަރަމުން ދާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބޮޑުބައެއް ޙިއްސާކުރާ ބޮޑުކަންނެލި މަސްވެރިންނަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާންޖެހިފައިވާކަމީ އެޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއްކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ. 

މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ ކޮންމެ އަހަރެއްގެވެސް މިދުވަސްވަރަކީ ބޮޑުކަންނެލި މަސްވެރިކަން ރަނގަޅުވެ، މަސްވެރިންނަށް އެކަށޭނަ ނަފާއެއް ހޯދުމަށް ހާއްސަކޮށް މަސަކަތްކުރެވޭ ދުވަސްވަރެއްކަން ފާހަގަ ކުރާކަމަށެވެ. " ނަމަވެސް ކޯވިޑު 19 އާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ކަންނެލި މަހުގެ ޑިމާންޑުދަށްވަމުން ދާކަމަށްބުނެ ބޮޑުކަންނެލި މަސްގަންނަފަރާތްތަކުން ކަންނެލިގަތުން ދައްކޮށްފައިވާތީ އާއި، މަސްބޭރުކުރުމަށް ހުރަސްތަށް ކުރިމަތިވަމުންދާތީ އެތަށް ސަތޭކަ މަސްވެރި އާއިލާތަކެއްގެ އާމްދަނީ ވަނީ ހުއްޓުމަކަށް އައިސްފައި" ކަމަށްވެސް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


30%
ވ.ރަނގަޅު
7%
ރަނގަޅު
30%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް