އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޔާމީން އެއް ގަޑިއިރަށް ގެއަށް ބަދަލުކޮށްފި!

ރައީސް ޔާމީން އެއް ގަޑިއިރަށް ގެއަށް ބަދަލުކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 10 ސިކުންތު

މަނީ ލޯންޑަރިންގެ މައްސަލައިގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، އެއް ގަޑިއިރަށް ގެއަށް ބަދަލު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ގެއަށް އެއް ގަޑިއިރަށް  ގެންގޮސްފައިވަނީ އެމަނިކުފާނުގެ އެދުމުގެ މަތިންނެވެ.

މިއަދު ހައިކޯޓުގައި ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގައި، ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅި 75 އިސްތިއުނާފީ ނުކުތާ އަށް ދައުލަތުން ވަނީ ޖަވާބު ދާރީ ވެފައެވެ.

މީގެއިތުރުން ހައިކޯޓުގައި މިއަދު އޮތް ޝަރީއަތަށް ފަހު ފުލުހުންގެ އެދުމަކަށް ރައީސް ޔާމީން ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށްފައި ކަމަށް މައުލޫމާތު ލިބެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާގެ ކުށް ސާބިތުވެ ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްގެ އިތުރުން، ފަސް މަސް ތެރޭގައި ދައުލަތައް ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވަނީ ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އިސްތިއުނާފުގެ އަޑުއެހުންތައް މިހާރު ފެށިފައިވާއިރު، ކަފާލާތުގެ ދަށުން ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ވެސް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ މިމަހުގެ 6 ވަނަ ދުވަހު ހައިކޯޓުގައި އެދިފައެވެ. ނަމަވެސް ހައިކޯޓުން ނިންމީ ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރެވެން ނެތް ކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


18%
ވ.ރަނގަޅު
18%
ރަނގަޅު
27%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ